ޤާނޫނު އަސާސީއަށް އިހްތިރާމް ކުރެއްވުމަށް އެހެން ޕާޓީ ތަކަށް އިލްތިމާސްކުރުން

noosbayan

2013 ނޮވެމްބަރ 11 ވަނަ ދުވަހުގެ ނިޔަލަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ރައިސުލްޖުމްހޫރިއްޔާއަކު ނުހުރެދާނެތީ އެކަމާމެދު ކަނބޮޑުވެ ވަގުތީ ހައްލެއް ހޯދުމަށް މި ޕާޓީ އިން ރައްޔިތުންގެ މަޖިލިހަށް ޤާރާރެއް ހުށަހަޅާ އޮކްޓޯބަރ 27 ވަނަ ދުވަހު ވާނީ އެ ޤަރާރު ފާސްކޮށްފައެވެ.

މި ޤަރާރު ފާސްކޮށްފައި ވީނަމަވެސް 11 ނޮވެމްބަރު 2013 ގައި ރައްޔިތުންގެ ވޯޓަކުން އިންތިހާބު ވެފައިވާ ސަރުކާރެއް އޮތުން މުހިންމު ކަމުގައި ދެކޭތީ އިންތިހާބާއި ގުޅޭ ގޮތުން ދެކެވޭ މަޝްވަރާތަކުގައި މި ޕާޓީ އިން ބައިވެރިވާނަމެވެ.

“ޤާނޫނު އަސާސީ އިސްލާހު ކުރެވުނީ މި ޕާޓީގެ ބުރަ މަސައްކަތުން. އަދި ޤާނޫނު އަސާސީން މިނިވަން މުސްތަޤިއްލު ކޮމިޝަންތަކަށް ފުރުޞަތު ދީފައިވަނީ އެމީހުން މުސްތަޤިއްލު ކަމާއިއެކު މަސައްކަތް ކުރުމަށް ޖާގަ ދިނުމަށް. ވީމާ ޤާނޫނު އަސާސީއަށް އިހްތިރާމް ކުރެއްވުމަށް އަޅުގަނޑު އެހެން ޕާޓީ ތަކަށް އިލްތިމާސްކުރަން” އެމްޑީޕީގެ ޗެއަރޕަރސަން މޫސާ މަނިކު ވިދާޅުވިއެވެ.

28 އޮކްޓޯބަރ 2013

ބަޔާން ނެރުނީ: އެމްޑީޕީގެ ސެކްރެޓޭރިއަޓް