ގައްދޫގެ ޒުވާނުން ކުރިޔަށްގެންދިޔަ ސުލްހަވެރި އިހުތިޖާޖު ގައި ފުލުހުން ޣައިރު ޤާނޫނީ ގޮތުން ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލުން

noosbayan

އެމް ޑީ ޕީ ގައްދޫ ދާއިރާގެ އޮފީސް
އެމް ޑީ ޕީ ގައްދޫ ހަރުގެ
ނޫސްބަޔާން

ގައްދޫގެ ޒުވާނުން ކުރިޔަށްގެންދިޔަ ސުލްހަވެރި އިހުތިޖާޖު ގައި ފުލުހުން ޣައިރު ޤާނޫނީ ގޮތުން ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލުން

ގައްދޫގައި އިންތިހާބެއް ލިބުމަށް އެދި ގައްދޫގެ ޒުވާނުން ކުރިޔަށްގެންދިޔަ ސުލްހަވެރި އިހުތިޖާޖު ގައި ފުލުހުން ޣައިރު ޤާނޫނީ ގޮތުން ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލަމެވެ.

ގައްދޫގައި މިއަދުކުރިޔަށްގެންދިޔަ އިހުތިޖާޖަކީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ދަށުން ސުލްހަވެރިކޮށް ކުރިއަށް ގެންދިޔަ އިހުތިޖާޖެކެއްކަމާއި، ޑިމޮކްރަސީއެއްގައި ބާރުވެރި ފަރާތަކީ ރައްޔިތުންކަމަށްވާއިރު އެރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ހައްގުކަމުގައިވާ ވޯޓު ލުމުގެ ޙައްޤު ނިގުޅައިގަތުމުން އެކަމާއި ދެކޮޅު ހެދުމުގެ މި އިހުތިޖާޖުގައި ސުލްހަވެރިކަމާއެކު ކުރިއަށް ގެންދަނިކޮށް ފުލުހުންވަނީ ގާނޫނާއި ޚިލާފަށް ބާރުގެ ބޭނުންކޮށް އަނިޔާވެރިކަމާއި އެކު ބައެއް ބައިވެރިން ހައްޔަރުކޮށްފައެވެ.

މި އަމަލަކީ ގައްދޫގެ ރައްޔިތުންނަށް ބިރުދައްކާ، ގާނޫނު އަސާސީއިން ލިބިދޭ މިނިވަންކަން ހަނިކުރުމަށް ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއްކަމުގައިވެސް އެމް ޑީ ޕީ ގައްދޫ ދާއިރާއިން ދެކެމެވެ. އަދި މި އަމަލަކީ ގައްދޫ ޕޮލިސް ސްޓޭޝަން އިން އެކިފަހަރުމަތިން ގައްދޫގެ އެމް ޑީ ޕީ އަށް ތާޢީދުކުރައްވާ ފަރާތްތަކަށް ބިރުދެއްކުމަށް ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން އަމަލެއްކަމުގައި ދެކެމެވެ.
ޤާނޫނާ ޚިލާފަށް އެފަރާތްތައް ހައްޔަރުކުރި ކުރުމަށް އިންސާފު ހޯދައިދިނުމަށްޓަކައި މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލްއިން މިމައްސަލަ ބައްލަވައިދެއްވުމަށް ގޮވައިލަމެވެ.

20 އޮކްޓޯބަރ 2013

ނޫސްބަޔާން ނެރުނީ: އެމް ޑީ ޕީ ގައްދޫ ދާއިރާގެ ހިންގާކޮމެޓީ