އެމްޑީޕީގެ އެހީތެރިކަމާއެކު ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލެއްވުމަށް ރަޖިސްޓްރީ ކުރެއްވި ފަރާތްތައް ރަޖިސްޓްރީވެފައިވަނީ އެބޭފުޅުން އެދިލެއްވި ތަންތަނުގައިތޯ ބެއްލެވުމަށް ޖަގަހަތަކާއި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންގެ ކިބައިން އެދެން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ އެހީތެރިކަމާއެކު ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރެއްވި ފަރާތްތައް ރަޖިސްޓްރީވެފައިވަނީ އެބޭފުޅުން އެދިލެއްވި ތަންތަނުގައިތޯ ބެލުމަށް ޖަގަހަތަކާއި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތެރިންގެ ކިބައިން އެދެމެވެ.

ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރި ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާތައް ހުށަހެޅުމުގައި އެމްޑީޕީގެ ކެމްޕޭން ޖަގަހަތަކުން އެހީތެރިކަން ފޯރުކޮށް ދެމުން ގެންދާނެކަމުގައި ދެންނެވީމެވެ.

ވޯޓުލުމަށް ރެޖިސްޓަރީވެފައިވަނީ ކޮންތަނެއްގައިތޯ ބެއްލެވުމަށް VIS A000000 ޖައްސަވާފައި 1414 އަށް އެސް.އެމް.އެސް ކުރެއްވުމަށް އެދެމެވެ.

15 އޮކްޓޯބަރ 2013