%88 ރައްޔިތުން ނިކުމެ ބަސްބުނީމާ، އެބަހާއި މެދު އެއްވެސް އިތުރު ފަރާތަކުން ބުނާނެ މާމޮޅު ވާހަކައެއް ނޯންނާނެ – އީވާ އަބްދުﷲ

2535

ބަޣާވާތަކަށްފަހު %88 ރައްޔިތުން ނިކުމެ ވޯޓުލައި، އެރައްޔިތުންގެ ބަސްބުނުމުން އެކަމާއި މެދު އިތުރު ފަރާތަކުން ދައްކާނެ މާމޮޅު ވާހަކައެއް ނޯންނާނެކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕަރލިމެންޓްރީ ގްރޫޕްގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. އީވާ މިހެން ވިދާޅުވީ ރޭ (25 ސެޕްޓެމްބަރ 2013) ރާޅުގަނޑު ސަރަހައްދުގައި ‘އިންސާފްގެ ދަތުރު ބާރަށް ކުރިއަށް’ގެ ނަމުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމަންވެލްތްއިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ މުޝީރު ދެވަނަ ބުރުގެ އިންތިޚާބު ފުރަތަމަ ބުރެކޭ އެއްގޮތަށް އޮމާންކަމާއި އިންސާފްވެރިކަމާއެކު ތާވަލްކުރެވިފައިވާގޮތަށް ކުރިއަށް ގެންދިޔުމަށް އެދި ނެރުނު ބަޔާނަށް އިޝާރާތްކުރައްވާ އީވާ ވިދާޅުވީ އެމެރިކާއިންނާއި، ޔޫރަޕުގެ އިއްތިހާދުން، އިންޑިއާއިން އަދި ކެނެޑީއާއިންވެސް ދެއްކީ ހަމަ މިވާހަކަކަމަށެވެ. އެހެންނަމަވެސް ބާޣީ ވަހީދު ނިކުމެ އެގޮތަށް ބަޔާން ނުނެރުމަށް އެދުމުން އެވާހަކަތައް އަޑު އަހާނެ މީހެއް ނެތްކަމަށް އީވާ ވިދާޅުވިއެވެ. ޕީޕީއެމް އިން ވެސް ބުނަނީ ބައިނަލްއަޤްވާމީ ފަރާތްތަކުގެ ވާހަކަ އަޑު ނޭހުމަށްކަމަށާއި، އެހެންނަމަވެސް ކިތަންމެ ގިނަ ރިޒަރވޭޝަންތަކާއި އެކުނަމަވެސް އެމްޑީޕީއިން ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެދުމާއެކު ކޯނީ ރިޕޯރޓް ވެސް ބަލައިގަންކަމަަށް އީވާ ވިދާޅުވިއެވެ.

ދިވެހި އިގްތިސާދު ކުރިއަށް ގެންދިޔުމަށް ބޭރު ފައިސާ ބޭނުންވާކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ ދިވެހި އިގްތިސާދުގެ ދުވެލި ކިރިޔާވެސް ކުރިއަށް ޖައްސާލަން ބޭނުންވާނަމަ ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި 200 މިލިއަން ޑޮލަރު ރާއްޖެ ވައްދަން ޖެހޭކަމަށެވެ. ބައިނަލްއަޤްވާމީ ފަރާތްތަކުގެ ވާހަކަތައް އަޑުއަހަންޖެހޭކަމަށާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރުގައި އޮންނާނީވެސް ކޮމަންވެލްތްއިން ބުނި ފަދައިން ރައްޔިތުން ބަސްބުނުމުން އެއާއި ދެކޮޅަށް ކުރެވޭނެކަމެއް ނޯންނާނެކަމަށް ކަމުގައި އިވާ ވިދާޅުވިއެވެ.

211890 މީހުން ނިކުމެ އިންތިޚާބުގަ ވޯޓުލީމާ އެއިން ދޭހަވީ ބަޣާވަތުން އަރައިގަންނަން ބޭނުންވެ، އަމިއްލަ ދިރިއުޅުމައިގެން ކުރިއަށްދާން ބޭނުންވާ ރައްޔިތުން ބޭނުންވާކަންކަމަށް އީވާ ވިދާޅުވިއެވެ. އެމީހުން ވޯޓުލާފައި އެބުނަނީ ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށް ވޯޓުން ސަރުކާރަކަށް ހަވާލުކުރަން ބޭނުންވާ ވާހަކަކަންކަމަށްވެސް ވިދާޅުވިއެވެ.

އިންތިޚާބެއްވެއްޖިއްޔާ ބަލިވާނެ ބައެއްތިބޭނެކަމަށާއި ފުރަތަމަ ބުރުގެ ވޯޓުން ދެން ވެރިކަމެއް ކުރާނީ އެމްޑީޕީގެ ކެނޑިޑޭޓުކަން ސާފުވާކަމަށް އީވާ ވިދާޅުވިއެވެ. އިންތިޚާބެއް ބޭއްވީމާ އެކާމިޔާބީ ލިބެނީ ދިވެހި ރައްޔިތުންނަށްކަމަށާއި ރައްޔިތުންގެ ބަސްބުނުމުގައި ދިވެހި ފުލުހުންނާއި ސިފައިންގެ ދައުރަކީ އިލެކްޝަންސް ކޮމިޝަނަށް ފޯރުކޮށްދޭން ޖެހޭ ހިމާޔަތް ފޯރުކޮށްދިނުން ފިޔަވައި އިތުރަށް އިންތިޚާބުގެ ތެރެއަށް ނުވަނުމަށް އީވާ ވިދާޅުވިއެވެ. ޣައިރު ގާނާނޫ ކިޔަމަންނުވާނަމަ ވަގުތު އައިސް މިއޮތީ ޖެހިފައިކަމަށާއި ނަޒާހާތްތެރިކަން ގެއްލިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޣައިރު ޤާނުނީ އަމުރަށް ކިޔަމަންވާން ނުޖެހޭނެކަމަށް އީވާ ވިދާޅުވިއެވެ. ރައްޔިތުންގެ ކުރިމަތީ ފުލުހުންނާއި ސިފައިންގެ ނަން ރީތިކޮށްލުމަށް ފުރުސަތެއް ލިބިފައިވާކަން ފާހަގަކުރައްވާ އީވާ ވަނީ ފުލުހުންނާއި ސިފައިންނަށް ހައްގުވާ އަގު ދިވެހި ރައްޔިތުންނަށް ދައްކުވާ ދެއްވުމަށް އެބޭފުޅުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެމްޑީޕީއިން މިތިބީ ދިވެހިރާއްޖޭއަށް ހައްގުވާ ތަރައްޤީއާއި ޑިމޮކްރެސީއާއި، އިންސާފް ފޯރުކޮށްދީފައި ނޫނީ ހުއްޓާގޮތަށް ނޫންކަމުގައި އީވާ ވިދާޅުވިއެވެ. މިއިންތިޚާބު ކާމިޔާބުކޮށްގެން އަދި ނުހުއްޓޭނެކަމަށް ވިދާޅުވިއެވެ.