ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ޚާއްސަ ތަރާވީހެއް މިރޭ ހަރުގޭގައި އޮންނާނެ

31 އޯގަސްޓް 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އިންތިޒާމްކޮށްގެން ބާއްވާ ޚާއްސަ ތަރާވީހެއް މިރޭ އެމްޑީޕީ ހަރުގޭގައި އޮންނާނެއެވެ.
މިރޭ ( 31 އޯގަސްޓް 2010 ވާ އަންގާރަ ދުވަހުގެރޭ) 9.30 ގައި އަމީނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި އޮންނަ މި ޚާއްސަ ތަރާވީހުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.