އިޢުލާން: އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބަށް އަލުން އިޢުލާންކުރުން

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ކަންތައް އިތުރަށް ހަރުދަނާކުރުމަށް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް އެމްޑީޕީގެ ޤައުމީ އިންތިޚާބާ ބެހޭ ކޮމިޓީން ފާހަގަކޮށްފައިވާތީ، ދާއިރާތަކުގެ އިންތިޚާބު 24 ސެޕްޓެމްބަރ 2010ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައި، މިހާރު މަޤާމްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކޮށް އަލުން މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.
އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު 2010 ގައި އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ސިޓީ ހުށަހަޅުއްވަން ޖެހޭ އެންމެ ފަހު ތާރީޚަކީ 7 ސެޕްޓެމްބަރ 2010 ވާ އަންގާރަ ދުވަހުގެ ހަވީރު 4.00 އެވެ.
ހ. ދާއިރާގެ ރައީސް
ށ. ދާއިރާގެ ނާއިބްރައީސް
ނ. ސެކްރެޓަރީ
ރ. ސެކްރެޓަރީގެ ނާއިބް
ބ. އިންތިޒާމް ސެކްރެޓަރީ

ދާއިރާތަކުގެ އިންތިޚާބުގެ ޤަވާޢިދާއި، ދާއިރާ ހިންގާކޮމެޓީތަކުގެ ހުސްވެފައިވާ މަޤާމްތައް އެނގޭނޭ ލިސްޓެއް އެމްޑީޕީގެ ސެކްރެޓޭރިއެޓުންނާއި މިޕާޓީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

30 އޮގަސްޓް 2010