ފ. އަތޮޅު ނިލަންދޫ އަދި ދަރަބޫދޫ ގައި އެމްޑީޕިގެ އަންހެނުންގެ ރޫޙުގެ ޓީމެއް

ފ. އަތޮޅަށް އިއްޔެ (18 ސެޕްޓެމްބަރ 2013)ފެށި 2 ދުވަހުގެ ދަތުރުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ޓީމެއް ހަރަކާތްތެރިވަމުން އެބަދެއެވެ.

“ބާރަށް ކުރިއަށް” ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރީގައި އިއްޔެއާއި މިއަދު ނިލަންދުގައި ވަނީ ހިންގާފައެވެ. އަދި މާދަމާ ދަރަބޫދޫގައިވެސް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައިކަމަށް އެންހެނުންގެ ރޫޙުގެ ޓީމުން ވިދާޅުވިއެވެ.

މި ޓީމުގެ މައިގަޑި މަސައްކަތަކީ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ނުދިން ފަރާތްތަކާ ބައްދަލުކޮށް ރައީސް ނަޝީދަށް ތާއީދު އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ދާއިރާއެއްގައިވެސް އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ މެމްބަރުން ހީވާގި ކަމާއިއެކު ކެމްޕެއިންގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށް އަންހެނުންގެ ރޫޙުގެ ރައީސާ ޝިޔާމާ އަޙްމަދު ވިދާޅުވިއެވެ.