“ކުރިއަށް ކުރިއަށް ކުރިއަށް” “އެއްބުރުން ޖަލްސާ އަދި ޕެރޭޑް ކުރިޔަށް

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ “ކުރިއަށް ކުރިއަށް ކުރިއަށް” އެއްބުރުން ޖަލްސާ އަދި ޕެރޭޑް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

“ކުރިއަށް ކުރިއަށް ކުރިއަށް” އެއްބުރުން ޖަލްސާ އޮންނާނީ 5 ސެޕްޓެމްބަރ 2013 ވާ ބުރާސްފަތި ދުވަހުގެ ރޭ 9ޖަހާއިރު ރާޅުގަނޑު ސަރަހައްދުގައެވެ.

“ކުރިއަށް ކުރިއަށް ކުރިއަށް” އެއްބުރުން ޕެރޭޑް ފެށޭނީ 6 ސެޕްޓެމްބަރ 2013 ވާ ހުކުރު ދުވަހު ހަވީރު 3:45ގަ އުސްފަސްގަނޑުންނެވެ.

7 ސެޕްޓެމްބަރ 2013 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީޕީއިން ބާއްވާ އެންމެފަހުގެ އެއްބުރުން ޖަލްސާ އަދި ޕެރޭޑްގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.