ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު 7 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެއްބުރުން ހޮވުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ގިނަ މިޔުޒިކް ގްރޫޕްތަކުން “ބޭނުމީ އިންސާފު، ހޮވާނީ ރައީސް ނަޝީދު” މި ނަމުގައި ބާއްވާ މިޔުޒިކް ޝޯ މިރޭ 8 ޖަހާއިރު ރާޅުގަނޑު ސަރަހައްދުގައި އޮންނާނެއެވެ.
މިރޭގެ މި ޝޯގައި ހަރަކާތްތެރިވާ ފަރާތްތަކަކީ، ޑީޖޭ އުމަރު ފޓ. ޝިއުޒު، އަދުހަމް، މައްނު، އިއްބެ، ޑިންބާ މިޔުޒިކް، ސަމީޢު، މާޕު، ރާއްޕެ، ފަޔާ، އިޝާންޓޭ، މިފޫ، ހަރުބީ، ކުޑަ އިއްބެ، އަވަރ ގްލާސް، ދަރިންގެ ދަރިން، އުމަރު، އައްޔަ، ނިމާލް، ދިފޫ، ޓިން، އަޒޫ، މޮހޮޖް، ޓްރެފިކް ޖޭމް، އީމަންސް ކޮންސްޕިރަސީ، އައްޑޮ، އައްޔަ، ހަންބެ، ޔޫސުފް، އައްޔުމަން، މުޚްތާރު، އާމިރު، ސޮފިއަން، ރާއި، އަދި މީގެ އިތުރުންވެސް…
މިޝޯ ބައްލަވާ ލައްވާ، ބައިވެރިވެވަޑައިގަތުމަށް އެންމެހާ ފަރާތްތަކަށް ވަނީ ދަޢުވަތު އަރުވާފައެވެ.