އިންތިހާބަށް ފަހު އުފެދިގެންދާ އެމްޑީޕީ ގެ ސަރުކާރެއްގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެވިގެންދާނީ އިންސާފާއި ހަމަހަމަކަމަށް – ރަނިންްމޭޓް ޑރ. މުސްތޮފާ ލުތުފީ

BSa0xo2CAAA_LZY

ލިޔުނީ: އަޙްމަދު ސާއިދު މުސްޠަފާ

އިންތިހާބަށް ފަހު އުފެދިގެންދާ އެމްޑީޕީ ގެ ސަރުކާރެއްގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެވިގެންދާނީ އިންސާފާއި ހަމަހަމަކަން ގާއިމުކުރުމަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ ރަނިންގ މޭޓް ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ. ޑރ. މުސްތަފާ މިހެން ވިދާޅުވީ 23 އޯގަސްޓް 2013 ދުވަހުގެ ރޭ ހއ. ހޯރަފުށީގައި ބޭއްވުނު ޖަލްސާގައެވެ.

ރަނިންގމޭޓް ޑރ. މުސްތޮފާ ލުތުފީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި، އިންތިހާބަށް ފަހު އުފެދިގެންދާ އެމްޑީޕީ ގެ ސަރުކާރެއްގައި އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެވިގެންދާނީ އިންސާފާއި ހަމަހަމަކަން ގާއިމުކުރުމަށެވެ. އެމްޑީޕީ އުފެދިގެން އައީ ވެސް ހަގީގަތުގައި މިބޭނުމުގައި ކަމަށް ވިދާޅުވަމުން އެމަނިކުފާނު ހާމަކުރެއްވި ގޮތުގައި އިންސާފު ގާއިމު ކުރެވެން އަންނަނީ ދިވެހިންނަށް ދިވެހި ރާއްޖޭގެ މުދަލުން ހައްގު މިންވަރު ލިބުމުންނެވެ. މިކަމަށްޓަކައި ދިވެހިންނަށް އިޖްތިމާއި ރައްކާތެރިކަން ލިބެން ޖެހޭކަމަށް ވިދާޅުވެ، އެހެން އެކަން ވާނީ އެންމެހާ ރައްޔިތުންނަށް ފުރިހަމަ އިންސާނީ ހައްގު ލިބި، މުޖްތަމައުގައި ފަރަގު ކުރުމާއި ތަފާތުކުރުން ނައްތާލުމުން ކަމަށް ވެސް މުސްތަފާ ލުތުފީ ހާމަކުރެއްވިއެވެ. ރައްޔިތުންނަށް އިންސާފު ލިބުނުކަމުގައި ވާނީ ހަމަ އެކަނި ކޯޓުތަކާއި ޝަރުއީ ނިޒާމު ރަނގަޅުކޮށްގެން ނޫން ކަމަށް އެމަނިކުފާނު އިރުޝާދުވިއެވެ. އިންސާފު ލިބުންކަމުގައި ވާނީ ބޭސް ސިޓީ އަށް ސަލާން ޖެހުމާއި، ފައިސާ ވަކި ބައެއްގެ އަތުގައި ޖަމާވުން ހުއްޓި ރައްޔިތުންނަށް އެއިން ހައްގު ވާ ކަންކަން ވުމުން ކަމަށް ވެސް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެެވެ.

އެމްޑީޕީ އަކީ ކަންކަން އޭގެ ފުރިހަމަ ގޮތުގައި ވަރަށް ހަލުވި ބާރުމިނެއްގައި ކުރަން ބޭނުންވާ ޕާޓީ އެއްކަމަށް ވިދާޅުވަމުން ޑރ. މުސްތޮފާ ވަނީ ހުއްޓިފައިވާ ތަރައްގީގެ މަސައްކަތްތައް ބާރު ސްޕީޑެއްގަ ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. މިގޮތުގެ މަތިން ދަތުރުފަތުރުގެ ނިޒާމު އަލުން ފަށާ ބޭސް ފަރުވާ މުޅިން ހިލޭ ކުރެވޭނޭ ގޮތް ހަމަޖެއްސޭނެއެވެ. އަދި މީގެ އިތުރުން އެމްޑީޕީގެ މެނިފެސްޓޯގައި ޝާއިރުކުރވިފަވާހެން ތައުލީމާއި، މުނިފޫހި ފިލުވުމާއި، ވިޔަފާރީގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ޑރ. މުސްތޮފާ ލުތުފީ އެރުވިއެވެ.

ގައުމުގެ ތަރައްގީގައި ޒުވާނުންގެ ބޭނުންތެރިކަމަށް އަލިއަޅުއްވާލައްވާ ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ އެމްޑީޕީ ގެ ވެރިކަމެއްގައި ޒުވާނުންނަށް ކުރިއެރޭނޭ މަގު ތަނަވަސް ކޮށްދެއްވާ، އެމީހުންނަށް މުނިފޫހި ފިލުވޭނޭ ގޮތްތައް ހޯއްދަވާ ދެއްވާނެ ކަމަށެވެ. މިގޮތުން މީހުން އުޅޭ ކޮންމެ ރަށެށްގައި ނެޓްބޯޅަ އަދި ފުޓްބޯޅަ ދަނޑެއް އަޅުއްވާދެއްވާނެކަން ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ތައުލީމުގެ ރޮނގުން ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް އެކަމަށް މަގުފަހި ވާނޭ އިންތިޒާމުތައް ވެސް އެމްޑީޕީ ގެ ސަރަކާރަކުން ހަމަޖައްސަވާ ދެއްވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.