އެމްޑީޕީ ދާއިރާ އިންތިޚާބުގެ ހުސް މަޤާމްތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ

22 އޯގަސްޓް 2010

މިއަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ބާއްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބުގެ ހުސް މަޤާމްތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ( 22 އޯގަސްޓް 2010 ވާ އާދީއްތަ ދުވަހު) ގެ ނިޔަލަށް ހަމަވާނެއެވެ.
މިއަދު ހަވީރު 4.00 އާ ހަމައަށް މުއްދަތު އިތުރުކުރި ނަމަވެސް ކުރިމަތިލެވޭނީ ހުސް މަޤާމަތަކަށް އެކަނި ކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ. އަދި މިހާރު މެންބަރުން ކުރިމަތިނުލާ ހުރި ހުސް މަޤާމްތައް އެމްޑީޕީ ވެބްސައިޓުން އެނގެން ހުންނާނެއެވެ. .