އަޅުގަނޑުމެން ވެރި ކަމަށް މިއަންނަނީ އެއްބުރުން ދިވެހި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް – ރަނިން މޭޓް ޑރ.މުސްތަފާ ލުތުފީ

ލިޔުނީ: އަހުމަދު އަޒްހަރު

އަޅުގަނޑުމެން ވެރި ކަމަށް މިއަންނަނީ އެއްބުރުން ދިވެހި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ކަމަށާއި ހުރިހާ ކަމެއްވެސް އެއްބުރުން ކޮށްދޭނަން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިން މޭޓް ޑރ.މުސްތަފާ ލުތުފީ ވިދާޅު ވެއްޖެއެވެ.

ހއ.ތަކަންދޫގައި މިމަހު 24 ވަނަ ދުވަހު ވާހަކަފުޅުން ދައްކަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީއިން މިހާތަނަށްވެސް ކަންތައްތަަައް ކޮށްދީފައިވާނީ އެއްބުރުން ކަމަށެވެ. އެގޮތުން އާސަންދައިގެ ހިދުމަތާއި ނުކުޅެދޭ މީހުންނާއި ދޮށީ އުމުރުގެ މީހުންނާއި އެކަނިވެރި މައިންނަށް ދޭ އެލޮވެންސުތައް ފެއްޓެވީވެސް އެއްބުރުން ކަން ވަނީ ފާހަގަ ކުރައްވާފައެވެ. ހަަމަ އެހެންމެ އެތަކެއް ރަށެއްގެ ބިމެއް ހިއްކައި އެތަކެއް ބަނދަރެއް ހަދައި ފްލެޓްތައް އެޅީވެސް ހަމަ އެއްބުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޖެއްސުން ކުރުމަށް ބަޔަކު މީހުން ތިއްބެއް ކަމަކު އެއްވެސް އަމިއްލަ އެދުމެއް ނެތި ވެރިކަމަށް މިއަންނަނީ އެއްބުރުން ހިދުމައް ކޮށްދިނުމަށް ކަމަށްވެސް ޑރ. މުސްތޮފާ ލުތުފީ ހާމަ ކުރެއްވިއެވެ.

އެމްޑީޕީގެ ގެސްޓު ހައުސް ސިޔާސަތައް އަލި އަޅުވާލަމުން ޑރ.މުސްތަފާ ލުތުފީ ވިދާޅުވި ގޮތުގައި ގެސްޓް ހަައުސްތައް އެޅެން ފެށުމުން ޑޮލަރުން ރަށްރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބި ފުދުންތެރިކަން އިތުރިވެ މުއްސަނދިވެގެންދާނެއެވެ. އަދި ސަރުކާރުން ފަތުރުވެރިން ގެނައުމަށް އިސްތިހާރުކޮށް ފަތުރުވެރިން އަންނާނެ މަގު ތަނަވަސް ކޮށްދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ޕާޓީގެ އަމާޒަކީ މަންމަޔާއި ބައްޕާ ދަރިންނާއެކު އުޅެ އާމްދަނީ ހޯދާނެ ގޮތް މަގުފަހި ކޮށްދިނުން ކަމަށް ހާމަކޮށްދެއްވަމުން މިކަމުގެ އަމާޒަކީ އާއިލީ ގުޅުންތައް ވަރުގަދަކޮށް ހަރުދަނާ ޖީލެއް ބިނާކުރުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ ސަރުކާރު އައުމުގެ ކުރިން ޖީސީއީ އޯލެވެލް އިމްތިހާނުުގައި ފަސް މާއްދާއިން ފާސް ވާ ކުދިންގެ އިންސައްތަޔަކީ އެންމެ %27 ފާހަގަކުރައްވަމުން އެމްޑީޕީއިން ކުރި މަސައްކަތުން މި އިންސައްތަ %60 ހަށް މަތިކުރެވުނު ކަން ހާމަކޮށްދެއްވިއެވެ. އެހެނަސް މަތީ ތައުލީމުގެ ފުރުސަތު އަދިވެސް ލިބެނީ އެކަމަށް ބޭނުންވާ މީހުންގެ އެންމެ 6 އިންސައްތަައް މީހުންނަށްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ހާމަކޮށްދެއްވި ގޮތުގައި އެމްޑީޕީގެ އަމާޒަކީ އެއިން ސައްތަ 40 ހަށް މަތިކުރުމެވެ. މިގޮަތައް ކަންތައްކޮށްގެން ނޫނީ ވިޔަފާރިތައް ހިންގުމަށް ޤާބިލް މީހުން ނޫފެދޭނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޕާޓިގެ މެރިކަލްޗާ ސިޔާސަތައް އަލި އަޅުވާލަމުން ވިދާޅުވިގޮތުގައި ކުކުޅު ގެެންގުޅޭ ގޮތައް މަސް އާލާކޮށްގެން ބޮޑު އަގުގައި ވިއްކުމުން އެއިން ފައިދާވެ ތަނަވަސް ކަން އިތުުރުވެގެންދާނެއެވެ. އަދި އެޕްޑީޕީގެ ސަރުކާރަކުން ޑިވެލޮޕްމެންޓް ބޭންކޭ ތައާރަފް ކުރާނެ ކަމަށާއި ރައްޔިތުންގެ ވިޔަފާރިތައް ފައްޓައި ތަރައްޤީކުރުމަށް މި ބޭންކުން ލޯނު ދޭނެ ކަމަށް ހާމަކުރެއްވިއެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މިއަންނީ ރައްޔިތުުންނަށް އުފާވެރިކަމާއި ފުދުުންވެރިކަން ގެނެސްދިނުމަށް ކަން ފާހަގަކުރައްވަމުން ހެޔޮ ވެރިކަމެއް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.