ރައީސް ނަޝީދުގެ ޕޮލިސީ ޓީމް ޕާޓީގެ ޕަރލިމެންޓްރީ ގްރޫޕާއާއި އެކު މެނިފެސްޓޯ ބްރީފިންގ މިއަދު ބޭއްވި

photo-23

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކުރިއަށް އޮތް 5 އަހަރުގެ މެނިފެސްޓޯ އެކަށައެޅުމުގެ މަސައްކަތްކުރި ރައީސް ނަޝީދުގެ ޕޮލިސީ ޓީމް ޕާޓީގެ ޕަރލިމެންޓްރީ ގްރޫޕާއާއި އެކު މެނިފެސްޓޯ ބްރީފިންގ މިއަދު (21 އޮގަސްޓް 2013) ބާއްވައިފިއެވެ. މިބައްދަލުވުން ކުރިއަށް ދިޔައީ މިވަގުތު މާލޭގައި ތިއްބެވި ޕާރލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއިއެކު މިއަދު ހަވީރު މާލޭ ސިޓީ ހޯލްގައެވެ.

މިބައްދަލުވުމުގައި ޕާޓީގެ ޕަރލިމެންޓްރީ ގްރޫޕާއި ޕޮލިސީ ޓީމުގެ މަސައްކަތްވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ހުކުރު ދުވަހު ރޭ އާއްމުކުރާ އެމްޑީޕީގެ މެނިފެސްޓޯގެ މައުލޫމާތު ދެއްވައި މަޝްވަރާތައް ކުރިޔަށް ގެންދެވިއެވެ. އަދި ޕަރލިމެންޓްރީ ގްރޫޕްއިން ވަނީ އެބޭފުޅުންގެ ސުވާލުތައް ޕޮލިސީ ޓީމް އާއި ކުރައްވާ އެބޭފުޅުން ޚިޔާލު ބަދަލުކުރައްވާފައެވެ.

ޕޮލިސީ ޓީމްއިން ވަނީ އެމްޑީޕީއިން ރައްޔިތުންނަށްވާ ވައުދުތަކަށް އަލިއަޅުވައިލައްވައިފައެވެ. މިގޮތުން ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ރާވައިފައިވާ ކަންތައްތައްތަކާއި، ދަތުރުފަތުރުގެ ފުރިހަމަ ނިޒާމަކުން ރާއްޖެ ގުޅުވާލުމާއި، ފެންވަރު ރަނގަޅު ފޯރާ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމާއި، ދިވެހި ރައްޔިތުން ފަހުރުވެރި ގެދޮރުވެރީންނަށް ހެދުމާއި، ރައްޔިތުންނަށް އަދުލުއިންސާފު ގާއިމްކޮށްދިނުމުގެ ވައުދުގެ މައްޗަށް މައުލޫމާތު ދެއްވާފަައިވެއެވެ.

ޕަރލިމެންޓްރީ ގްރޫޕް އާއެކު ބޭއްވުނު ބައްދަލުވުމަށްފަހު އެމްޑީޕީގެ މެނިފެސްޓޯ އާއި ބެހޭގޮތުން ނޫސްވެރިންނާއި ބައްދަލުކުރައްވައިފައިވެއެވެ.