ރައީސް ނަޝީދު “އެއްބުރުން” ހޮވުމަށް ހިންގާ ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރީގައި ފ. ބިލެއްދޫގައި ކުރިއަށް އެބަދޭ.

ސެޕްޓެމްބަރ 7 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުޙައްމަދު ނަޝީދު “އެއްބުރުން” ހޮވުމަށް ހިންގާ ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރީގައި ފ. ބިލެއްދޫގައި ކުރިއަށް އެބަދެއެވެ.

މިގޮތުން ހިނގާ ހަރަކާތްތަކުގެ ތެރޭގައި އެމްޑީޕީގެ ޖަގަހަތައް ރަށުގެ އެކި ހިސާބުތަކުގައި ހެދުމާއި، ރަށުތެރެ ރީނދޫ ކުރުމުގެ ހަރަކާތްތަކާއި، ގޯތިގޯތީގެ މަގުފާރުތަކުގައި ‘އެއްބުރުން ރައީސް ނަޝީދު’ ލޯގޯ އާއި ‘ވޯޓް 4 އަންނި’ ލޯގޯ ޖެހުމުގެ ހަރަކާތްތަކާއި، ރައީސް ނަޝީދުގެ ފޮޓޯ ފާރުތަކުގައި ޖެހުމާއި، ‘އެއްބުރުން ރައީސް ނަޝީދު’ މި ޝިޔާރު ޖަހައިގެން ތައްޔާރުކޮށްފައިވާ ދިދަތައް ރަށުތެރޭގެ އެކިސަރަހައްދުތަކަށް ނެގުމާއި، މިނޫންވެސް ކެމްޕެއިނާއި ގުޅޭ އެހެނިހެން ހަރަކާތްތައް ކުރިއަށްދެއެވެ. މިހަރަކާތްތައް ރާވާ އިންތިޒާމްކުރުމުގައި ހަރަކާތްތެރިވަމުންދަނީ އެކި އުމުރުފުރައިގެ އެމްޑީޕީ ސަޕޯރޓަރުންނެވެ. ވަކިން ހާއްސަކޮށް ރަށުތެރޭގެ ލޯގޯތައް ޖެހުމުގެ މަސައްކަތުގައި ރަށުގެ ގިނަ ޒުވާނުންގެ ބައިވެރިވުމާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދާކަން މިފުރުސަތުގައި ފާހަގަކޮށް މިމަސައްކަތުގައި ހަރަކާތްތެރިވި ފަރާތްތަަކަށް ބިލެއްދޫ ކެމްޕެއިން ކޯރޑިނޭޓަރުގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

2013ގެ ރިޔާސީ އިންތިހާބުގައި ބިލެއްދޫއިން ރައީސް ނަޝީދު އެއްބުރުން ހޮވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމާއި، އިރާދަކުރެއްވިއްޔާ ބިލެއްދޫއިން %60 އާއި %70 ދެމެދުގެ އަދަދަކަށް ރައީސް ނަޝީދަށް ވޯޓު ދެއްވާނެކަމަށާއި ރަށުގެ ޒުވާނުންގެ ރޫހާއި، ގިނަ އަންހެނުންގެ ރޫހް ހުރީ މިނަތީޖާ ރައީސް ނަޝީދަށް ބިލެއްދޫއިން ނެރެދިނުމަށެވެ. ހަގީގަތުގައިވެސް މިރަށުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ވަރުގަދައެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތައް މިރަށުގައި ބާރަށް ކުރިއަށް ގެންދިއުމުގައި އެންމެ އިސްރޯލެއް އަދާކުރަމުންދަނީ އަންހެނުންގެ ރޫހާއި، ޒުވާނުންގެ ހިތްވަރުންކަން ފާހަގަކުރަމެވެ.