އެމްޑީޕީގެ ގައުމީ މަޖިލީހުގެ 73 ވަނަ ބައްދަލުވުން ބާއްވައިފި

1 ސެޕްޓެމްބަރ 2009

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ 73 ވަނަ ބައްދަލުވުން 31 އޮގަސްޓް 2009 ވީ ހޯމަ ދުވަހުގެ ރޭ އެޕާޓީގެ ސެކްރެޓޭރިއަޓްގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އާންމުކޮށް އެމްޑީޕީގެ ހުރިހާ މެންބަރުންނަށާއި ޚާއްސަކޮށް ޕާޓީގެ ހަރަކާތްތަކުގައި އިޚްލާސްތެރިކަމާ އެކު މަސައްކަތްކޮށްދެއްވާ ބޭފުޅުން އެންމެ މުހިއްމު ދަނޑިވަޅުތަކުގައި ޕާޓީއަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުދެންނެވިއެވެ.
ޖުމްލަ 27 މެންބަރުން ހާޒިރުވި މި ބައްދަލުވުމުގައި ޕާޓީގެ ފައިސާއާއި ބެހޭ މުހިއްމު 2 ޤަރާރެއް ފާސްކުރެވުނެވެ.