އެމްޑީޕީގެ “ޒުވާނުންގެ ހިތްވަރު”އާއި ފުވައްމުލަކު ޒުވާނުން ގުޅިގެން ކެންޕެއިން ހަރަކާތްތައް މިއަދުވެސް ކުރިޔަށް ގެންދިޔަ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ތާޢީދު ހޯދުމަށް ހިންގާ ކެންޕެއިން ހަރަކާތްތަކުގެ ތެރެއިން އެމްޑީޕީ “”ޒުވާނުންގެ ހިތްވަރު” އާއި ފުވައްމުލަކު ޒުވާނުން ގުޅިގެން ފުވައްމުލަކުގައި ރައީސް ނަޝީދަށް ތާޢީދު ހޯދުމުގެ މަސައްކަތްތަކެއް އިތުރަށް ފަށައިގެން މިއަދު (29 ޖުލައި 2013)ވެސް ކުރިއަށް ގެންދިޔަ ކަމަށް ފުވައްމުލަކުގައި ހަރަކާތްތެރިވާ އެމްޑީޕީ ކެންޕެއިން ޓީމުން މަޢުލޫމާތު ދީފިއެވެ.

ފުވައްމުލަކުގައި ހަރަކާތްތެރިވާ ކެންޕެއިން ޓީމުގެ ފަރާތުން ޝާނީޒް ސަޢީދު (ތާނި) މައުލޫމާތު ދެއްވި ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް އިތުރަށް ތާޢީދު ހޯދުމަށް، ފުވައްމުލަކުގެ ޒުވާނުންނާއި ގުޅިގެން ހިންގާ ޚާއްޞަ ހަރަކާތްތައް އިއްޔެ ހިންގަން ފަށާފައިވާއިރު މިއަދުއާއި މިރޭވެސް ޚާއްޞަ ހަރަކާތްތަކެއް އެރަށުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ބެނާ ޕްރިންޓްކޮށް ހަރުކުރުމާއި މިސްކިތް މަގުގައި ޒުވާނުންނަށް ޚާއްޞަ ކޮށްގެން މިރޭ ޚާއްޞަ ޕެނަލް ޑިސްކަޝަންއެއް އޮންނާނެ ކަމަށް މަޢުލޫމމާތު ދެއްވިއެވެ. އަދި އިއްޔެއިން ފެށީގެން ޒުވާނުންނަށް ޚާއްޞަ ކޮށްގެން ހިންގާ ޑޯޓްޑޯ އާއި ޒުވާނުންގެ ފޯކަލް ޕޮއިންޓްތަކާއި ބައްދަލުކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

ފުވައްމުލަކުގައި ހަރަކާތްތެރިވާ ކެންޕެއިން ޓީމުގެ ފަރާތުން މައުލޫމާތު ދެއްވިގޮތުގައި ފުވައްމުލަކުގެ އެކި ހިސާބުތަކުގައި “ޒުވާނުނާއިއެކު ކޮފީ” މި ނަމުގައި ބާއްވާ ބައްދަލުވުންތަކާއި މިޔުޒިކް ޝޯވ އަދި މޫދު ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ދެއްވިއެވެ.

އެމްޑީޕީ “ޒުވާނުންގެ ހިތްވަރު” ފަރާތުން ފުވައްމުލަކުގެ ޒުވާނުންނާއި ގުޅިގެން ހަރަކާތްތަކެއް ހިންގުމަށް މިހާރު ކުރަމުންދާ ދަތުރުގައި އެމްޑީޕީގެ ޒުވާނުންގެ ހަރަކާތުގެ ރައީސް އައިމިނަތު ޝައުނާއާއި ބައެއް މެންބަރުން ބައިވެރިވެއެވެ.