ރައްޔިތުންގެ ކޯޓުގެ 8 ވަނަ އަޑުއެހުން މިރޭ އޮންނާނެ

21 ޖުލައި 2010

ރައްޔިތުންގެ ކޯޓުގެ 8 ވަނަ އަޑުއެހުން މިރޭ (21 ޖުލައި 2010 ވާ ބުދަ ދުވަހުގެރޭ)، 3 ބާރު ވަކިކުރާ ސަރަހައްދުގައި އޮންނާނެއެވެ.
މިރޭ 9 ޖަހާއިރު އޮންނަ މިއަޑުއެހުމަށް ވެސް ވިހާ ގިނަ އަދަދެއްގެ ބަޔަކު ހާޒިރު ވުމަކީ މިކަން އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެފަރާތުން ބުނެއެވެ.
3 ބާރު ވަކިކުރާ ސަރަހައްދުގައި ހިންގާ މިކޯޓުން މިހާތަނަށް ވަނީ ޝަރުޢީ ދާއިރާ އާއި، ކޮރަޕްޝަން އަދި ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ވަރަށް ގިނަ މަސައްކަތްކޮށްފައެވެ.