އެމްޑީޕީގެ ޗެއަރޕާސަން އުތުރުގެ 3 ރަށަކަށް ޒިޔާރަތް ކުރައްވާ “އެއްބުރުން” ކެެމްޕެއިންގެ ހަރަކާތްތައް އާ ފޯރިއާއެކު ފައްޓަވައިފި

photo-11

photo-18

ލިޔުނީ: ޝަހީދާ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޗެއަރޕާސަން މޫސާ މަނިކު މިހާރު ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގަ މިއަދު ހދ. އަތޮޅުން ނޮޅިވަރަމަށާއި، ކުނބުރުދޫއަށާއި، އަދި ހަނިމާދޫއަށް ޒިޔާރަތް ކުރައްވާ “އެއްބުރުން” ކެމްޕެއިންގެ ހަރަކާތްތައް އާ ފޯރިއާއެކު ފައްޓަވައިދެއްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް ނަޝީދަށް ވޯޓް ހޯދުމަށް ކުރެވެމުންދާ “އެއްބުރުން” ކެމްޕެއިންގެ ތެރެއިން ޗެއަރޕާސަން މޫސާ މަނިކު މިއަދު ހދ. ނޮޅިވަރަމު ހަނިމާދޫ، ކުމުންދޫ ގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގައި ރައީސް ނަޝީދުގެ ކެންޕެއިން އޭޖެންޓުނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާ ކެމްޕެއިން މަސައްކަތްތައް އިތުރަށް ހަރުދާނާކޮށް ފުޅާ ކުރުމަށް ކުރެވިދާނެ މަސައްކަތާއި ބެހޭގޮތުން ޚިޔާލު ބަދަލު ކޮށް މަޝްވަރާ ބައްދަލުވުންތައް ބާއްވާ، ކެމްޕެއިން ހަރަކާތުގައި އަމަލީގޮތުން ބައިވެރިވާނެ އިތުރު ޓީމުތައް އެކުލަވާލާ މަސައްކަތްތައް ތަރުތީބު ކުރާނެ ގޮތްތައް ވަނީ ރާވާފައެވެ.

އަދި މީގެ އިތުރުން އުތުރުގެ ރަށް ތަކުގައި އެމްޑީޕީގެ ސިޔާސަތުތައް އޮޅުން ފިލުވައި ދިނުމަށް ތަފާތު މަސައްކަތްތަކެއް ކުރެވެމުން ދާކަމާއި އަދި ކެންޕޭނު ޓީމުން މިރަށް ރަށުގެ ރައްޔިތުންނާއި ވަކިވަކިން ބައްދަލުކޮށް އެމްޑީޕީގެ ސިޔާސަތު ތަކާބެހޭ މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށް ޗެއަރޕާސަން މައުލޫމާތު ދެއްވިއެވެ. އަދި ކަންމަތީ ބައްދަލުވުންތައް ބާއްވާ ރަށް ރަށުގެ ހުރިހާ އުމުރު ފުރަޔަކުން ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭ ކެމްޕެއިން ހަރަކާތްތައް އިތުރުކުރަން ފެށިކަމަށް މައުލޫމާތު ދެއްވިއެވެ.

ޗެއަރޕާސަން އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ޒިޔާރަތް ކުރި 3 ރަށުގެ އިތުރުން ވޭތުވެދިޔަ 3 ދުވަހު ކުޅުދުފުށީގައިވެސް “އެއްބުރުން” ކެމްޕެއިންގެ އޮނިގަނޑު ވަރުގަދަ ކުރެވޭނެ ގޮތްތައް ރާވާ މަސައްކަތްތައް ވަނީ ވަރަށް ފޯރީގައި ފަށާފައެވެ. މި ގޮތުން، ކުޅުދުފުށި ރީނދޫ ކުރުމާއި ބަނދަރުމަތީގައި އެމްޑީޕީގެ ދިދަފަތި ދެމުމާއި، ކުޅުދުއްފުށީގައިވެސް ކެމްޕެއިން އޭޖެންޓުންނާއެކު އިތުރު ބައްދަލުވުންތައް ބާއްވާ، ކެމްޕެއިން ހަރަކާތްތެރިންގެ ގޮތުގައި އަމަލީ މަސައްކަތުގައި ބައިވެރިވާނެ ޓީމުތައްވަނީ އެކުލަވާލެވިފައިކަމުގައެވެ. އަދި ވަރަށް ޙާއްސަ ގޮތެއްގައި އަންހެންވެރިންގެ ޝާމިލުވުން އިތުރުވާކަން ފާހަގަކުރެއްވިއެވެ.

ޗެއަރޕާސަންއާއެކު ކުޅުދުއްފުށިންވެސް ޓީމެއް މިއަދު ހދ. އަތޮޅުގެ 3 ރަށަށް ކުރި ދަތުރުގައި ބައިވެިރިވިއެވެ. މީގެ ތެރޭގައި ކުޅުދުއްފުށީގެ ކައުންސިލަރުންނާއި، ކެމްޕެއިން ގެ އިސް ހަރަކާތްތެރިން ވެސް ހިމެނުނެވެ.