ކޮރަޕްޝަނާ ދެކޮޅަށް ބާއްވާ ރައްޔިތުންގެ ޖަލްސާ މިރޭ ވެސް 3 ބާރު ވަކިކުރާ ސަރަހައްދުގައި އޮންނާނެ

18 ޖުލައި 2010

rayithunge-court-141

ރައްޔިތުންގެ ޖަލްސާ މިރޭ (18 ޖުލައި 2010 ވާ އާދީއްތަ ދުވަހުގެރޭ) ލޮނުޒިޔާރަތްކޮޅު 3 ބާރު ވަކިކުރާ ސަރަޙައްދުގައި އޮންނާނެއެވެ.
3 ބާރު ވަކިކުރާ ސަރަހައްދުގައި 4 ވަނަ ބާރާއެކު މިރޭ މި ބާއްވާ ޖަލްސާ އަކީ ކޮރަޕްޝަނާ ދެކޮޅަށް ” ރައްޔިތުންގެ ކޯޓު” ހުޅުވުމަށްފަހު ބާއްވާ 5 ވަނަ ޖަލްސާ އެވެ.ބުރާސްފަތި ދުވަހުގެރޭ ބޭއްވި މިފަދަ ފުރަތަމަ ޖަލްސާ އޮތީ ދަރުބާރުގޭ ފުރަގަހުން އޮންނަ އުސްފަސްގަނޑުގައެވެ.
ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ރައްޔިތުންގެ ކޯޓުގެ ނަމުގައި އިމާރާތެއް ނެތް ކޯޓެއް ޤާއިމްކުރުމަށް ފަހު އެކޯޓުގައި ދަނީ އެއް މައްސަލައެއްގައި ތަފާތު 3 ޙުކުމެއް ނެރެފައިވާ ޖިނާޢީ ކޯޓާއި، ހައިކޯޓާއި، ސްޕްރީމް ކޯޓުން ތިލަފަތުގެ ވަކި ފަރާތަކަށް ބުރަވެ ސިޔާސީ ފައިދާތަކެއް ޙާސިލްކުރުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ޑީއާރުޕީ އިން ވެސް ރޭ އެ ޕާޓީގެ އޮފީސް ކުރިމަތީގައި ” ރައްޔިތުންގެ ސްޕްރީމް ކޯޓު” ގެ ނަމުގައި މަގުމަތީގައި ހުޅުވާފައިވާ އިމާރާތެއް ނެތް ކޯޓުގައި “ހިޔަރިން” ބާއްވާފައި ވެއެވެ. ނަމަވެސް މިއަޑު އެހުންތަކަކީ އާންމު ރައްޔިތުންނާ އާއިލާއާއެކު ތިބެގެން އަޑުއަހާލަން މާފަސޭހަ އަޑުއެހުންތަކެއް ނޫން ކަމަށް އެސަރަހައްދުގެ ބައެއް މީހުން ބުނެއެވެ.