“ހުވަދޫ ޒުވާނުން ރައީސް ނަޝީދާއެކު” ފަންޑްރައިޒިން ޑިނަރ ނައިޓެއް ބާއްވަނީ

“ދަމުދެލަގާ” ގެ ނަމުގައި ހުވަދޫ އަތޮޅުގެ ޒުވާނުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕަޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑީޑޭޓް ރައީސް ނަޝީދާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ފަންޑްރެއިޒިންގ ޑިނަރނައިޓެއް ބޭއްވުމަށް ނިންމައިފިއެވެ.

އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް ހިންގާ ކެމްޕޭން ހަރަކާތްތަކަށް ފައިސާ ހޯދުމަށާއި ރައީސް ނަޝީދާއެކު ހުވަދު އަތޮޅުގެ ޒުވާނުން ތިބިކަން ހާމަކުރުމުގެ ގޮތުން ބާއްވާ މިޑިނަރނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތިނެއްވާ ބުދަދުވަހުގެ ރޭ 8 ޖަހާއިރު ވެސްޓް ޕާކްގައެވެ.

ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ މިޑިނަރނައިޓަށް ހާޒިރުވުމަށްއެދި ހުވަދޫ ޒުވާނުން ވަނީ އެމްޑީޕީއާއި އެމްޑީޕީއަށް ތާއީދުކުރާ އެންމެހާ ރައްޔިތުންނަށް ދައުވަތުއަރުވާފައެވެ.

މިޑިނަރނައިޓްގެ ޓިކެޓް ވެސްޓްޕާކާއި އެމްޑީޕީ އޮފީސް އަދި މިއަދު ހުޅުވުމަށް ހަމަޖެހިފައިވާ “ހުވަދޫ ހެޔޯސާ ޖަގަހައިން ލިބެން ހުންނާނެއެވެ.. އަދި މިކަމާބެހޭ އިތުރު މައުލޫމާތު 7749299 ފޯނާ ގުޅުއްވުމުން ލިބޭނެކަމަށްވެސް މިޑިނަރނައިޓް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއްވިއެވެ.