ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ 3 ހަރަކާތެއް މާލޭގައި މިރޭ ކުރިޔަށް ދާނެ.

ލިޔުނީ: ޝަހީދާ

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ 3 ހަރަކާތެއް މާލޭގައި މިރޭ(23ޖޫން 2013-އާދިއްތަ) ކުރިޔަށް ދާނެއެވެ.

އައްޝެއިޙް ހުސެއިން ރަޝީދު ލިޔުއްވަމުންގެންދަވާ ސަހީހް މުސްލިމްގެ 2 ވަނަ ބައި އަދި އިތުރު އެހެން 2 ފޮތެއް ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުން މިރޭ 8:45ގައި މާލެ ސިޓީ ހޯލްގައި އޮންނާނެއެވެ .އަދި މިރޭ 10:15ގައި އަޙްމަދިއްޔާ ސްކޫލް، ބުރުޒުމަގު ކަންމަތީގައި ށ, ރ އަދި ލ. އަތޮޅުގެ އެމްޑީޕީގެ މާލެ ޖަގަހަ ރައީސް ނަޝީދު ހުޅުއްވަވައިދެއްވުމާއި، ފުވައްމުލަކުގެ އެމްޑީޕީގެ މާލެ ޖަގަހަ މިރޭ 10:45ގައި ހ. ރޯޝަނީމަގު ތަނޑިރަތްމާގޭގައި ރައީސް ނަޝީދު ހުޅުއްވައިދެއްވާނެއެވެ.

މިރޭ ކުރިޔަށް ގެންދާ މި 3 ހަރަކާތުގައި އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުން ބައިވެރިވެވަޑައިގަތުމަކީ މި ޕާޓިއިން ވަރަށް ބޮޑަށް އެދޭކަމެކެވެ.