ރައްޔިތުންގެ ކޯޓު ހުޅުވުން މިއަދު ހަވީރު ލޮނު ޒިޔާރަތްކޮޅުގައި އޮންނާނެ

15 ޖުލައި 2010

ދިވެހިރައްޔިތުން އިސްނަގައިގެން މިއަދު ހަވީރު ރައްޔިތުންގެ ކޯޓު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.
މި ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4.30 ގައި ލޮނުޒިޔާރަތްކޮޅު 3 ބާރު ވަކިކުރާ ސަރަހައްދުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
ރައްޔިތުންގެ ކޯޓެއް ހުޅުވަން ޖެހުނީ ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރާއި ދިވެހިރައްޔިތުން ފަށާފައިވާ ހަނގުރާމަ އަށް ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއިން އެއްބާރުލުން ނުދޭތީ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.