ވަގުތުން ނެރުމަށް
ނަންބަރު: MDP-2009-PR-004
ތާރީޚް: 21 މޭ 2009 (ބުރާސްފަތި)
ރައްޔިތުންގެ މަޖިލިހަށް ހޮވިވަޑައިގެންފައިވާ އެމްޑީޕީގެ މެމްބަރ މުހަންމަދު އަސްލަމްގެ ގޭ ގަރާޖުގައި އޮތް ކާރުގައި ރޯކޮށްލި ބަޔަކު ހޯދުމަށް ފުލުހުންނަށް ގޮވާލުން
ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ހިތަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް ހޮވިވަޑައިގެންފައިވާ މި ޕާޓީގެ މެމްބަރ އަލްފާޟިލް މުހަންމަދު އަސްލަމްގެ ގެ، ސ ހިތަދޫ “ނިޔާޒް” ގެ ގަރާޖުގައި އޮތް ކާރެއްގައި ރޭގެ 10.45 ހާއިރު، ބަޔަކު ރޯކޮށްލައިފިއެވެ. މި ހާދިސާގައި ޖަރާޖާއި ޖަރާޖު ތެރޭގައި އޮތް ކާރު ވަނީ އަނދާ ހުލިވެފައިވެއެވެ.
މުހަންމަދު އަސްލަމަކީ މިހާރުވެސް ރައްޔިތުންގެ މަޖިލިހުގެ އައްޑުއަތޮޅު ގޮނޑި ތަމްސީލު ކުރައްވާ މި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރެކެވެ.
މެމްބަރ އަސްލަމްގެ މުދަލަށް ގެއްލުން ދިނުމަށް ބަޔަކު ހިންގާފައިވާ މި އަމަލު މި ޕާޓީން ހަރުކަށިކޮށް ކުށްވެރި ކުރަމެވެ. އަދި މިއަމަލު ހިންގި ފަރާތެއް އަވަހަށް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރާއްޖޭގެ ފުލުހުންނަށް މި ޕާޓީން ގޮވާލަމެވެ.
ބަޔާން ނެރުނީ އެމްޑީޕީ ސެކްރެޓޭރިއެޓް