އައްޑޫ ސިޓީއިން އިންތިޒާމް ކޮށްގެން “ބޯޑިންގ ޕާސް އެއްބުރުން” މި ނަމުގައި މާލޭގައި ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެއްބުރުން ހޮވުމަށްޓަކައި އައްޑޫ ސިޓީއިން އިންތިޒާމް ކޮށްގެން “ބޯޑިންގ ޕާސް އެއްބުރުން” މި ނަމުގައި މާލޭގައި ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ. އަދި މަ ހަރަކާތް ފައްޓަވައިދެއްވާނީ ރައީސް ނަޝީދު ކަމުގައި އައްޑޫ ސިޓީއަށް އެމްޑީޕީއިން ކަޑައަޅައިފައިވާ ކޯޑިނޭޓަރ ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ފައްޓަވައިދެއްވާ އައްޑޫ ސިޓީގެ މި މުހިއްމު ބައްދަލުވުން އޮންނާނީ 13 ޖޫން 2013 ވާ ބުރާސްފަތި ދުވަހުގެ ރޭ 9 ޖަހާއިރު މަންދު ކޮލެޖް )ކުރީގެ މާލޭ އިންގްލިޝް ސްކޫލް( ހޯލްގައެވެ. އަދި އެއްބުރުން ރައީސް ނަޝީދު ހޮވުމަށް އެދޭ ވީހާވެސް ގިނަ ބަޔަކު މި ބައްދަލުވުމަށް ވަޑައިގެންދެއްވުމަށް އައްޑޫ ސިޓީގެ ކެމްޕެއިން ޓީމޫން އެދިވަޑައިގަންނަވައެވެ.