މިއަދު (31 މޭ 2013) ހަވީރު 4 ޖަހާއިރު ރާއްޖޭގެ ތަފާތު 21 ރަށުގައި ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” އިފްތިތާޙް ކުރުމަށް ބާއްވާ ޙަފްލާތަކުގައި ބައިވެރިވުމަށް އެމްޑީޕީގެ 21 ޓީމު މިހާރު ވަނީ ދަތުރު ފަށާފައެވެ.
ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” ޤައުމީ ފެންވަރުގައި މިއަދު އިފްތިތާޙް ކުރާ ރަށްތަކަކީ، އައްޑޫ ސިޓީގެ ހިތަދޫގެ ގެ އިތުރުން ހއ. މުރައިދޫ، ހދ. ހަނިމާދޫ، ށ. ފުނަދޫ، ނ. ވެލިދޫ، ރ. އުނގޫފާރު، ބ. ކެންދޫ، ޅ. ނައިފަރު، ކ. މާފުށި، އއ. އުކުޅަސް، އދ. ދިގުރަށް، ވ. ތިނަދޫ، މ. މަޑުއްވަރީ، ފ. ބިލެތްދޫ، ދ. މީދޫ، ތ. ގުރައިދޫ، ލ. މާވަށް، ގއ. ދާންދޫ، ގދ. ރަތަފަންދޫ، ޏ. ފުވައްމުލައް އަދި މާލެ ސިޓީގައެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި ބާއްވާ ރަސްމިއްޔާތުގައި ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” ޤައުމީ ފެންވަރުގައި އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު އެވެ. އަދި މީގެ އިތުރުން އަނެއް 20 ސަރަހައްދުގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީ ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނެވެ.
ސިއްޙަތާގުޅޭ އެމްޑީޕީގެ ސިޔާސަތު “ހިތްހަމަޖެހުން – ގަރުބަގަތީއްސުރެ، ނެތިދިއުމަށް ދާންދެން” ޤައުމީ ފެންވަރުގައި އިފްތިތާހް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތު އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ވަނީ ދަޢުވަތު އަރުވާފައެވެ.