އެމްޑީޕީންގެ ކެންޕެއިން ހަރަކާތްތައް ފުވައްމުލަކުގައި އިތުރު ބާރުމިއްނެއްގައި ފަށައިފި

އެމްޑީޕީން މިހާރު ފަށައިފައިވާ ކެންޕެއިން ހަރަކާތްތައް ފުވައްމުލަކުގައި އިތުރު ބާރުމިނެއްގައި ފަށައިފިއެވެ. އެއްބުރުން ރައީސް ނަޝީދުއަށް މިއަހަރުގެ ރިޔާސީ އިންތިހާބް ކާމިޔާބު ކޮށްދިނުމަށްޓަކައި ހިންގާ ހަރަކާތްތަކުގެ ދަށުން ފުވައްމުލަކުގައި އެކިއެކި ހަރަކާތްތައް މިހާރު ވަނީ ފެށިގެން ކުރިއަށް ދާން ފަށައިފައެވެ.

ފުވައްމުލަކު އެމްޑީޕީ ކެންޕެއިން ޓީމުން މައުލޫމާތު ދެއްވި ގޮތުގައި ދޮރުން ދޮރަށް ހިނގާ ޓީމްތަކާއި ބައްދަލުކޮށް ޑޯ ޓް ޑޯ ޓީމް ތަކުގެ ބޭފުޅުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ގޮސްފައިވާ ހިސާބާއި އެ މަސައްކަތް ބާރަށް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ. އަދި ވޯޓަރ ރެޖިސްޓްރޭޝަންއާއި، އަދި ޕާޓީގެ ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ދިނުން އޮތެވެ. އަދި ފުވައްމުކުގައި އެމްޑީޕީގެ ހަރުގެތަކުގައި ކެންޕެއިން ހަރަކާތްތައް ބާރަށް ކުރިއަށް ގެންދިއުމަށް މިހާރު ކުރަން ހުރި އިންތިޒާމް ތަކާއި ބެހޭގޮތުން މަޝްވަރާ ކުރިއަށް ގެންދެވުނެވެ.

ފުވައްމުލަކު އެމްޑީޕީ ކެންޕެއިން ޓީމުން މައުލޫމާތު ދެއްވި ގޮތުގައި އައްޝައިޙް ހުސައިން ރަޝީދު އަޙްމަދު ފުވައްމުލަކަށް ވަޑައިގެން އެމްޑީޕީ ކެންޕެއިން މަސައްކަތުގައި ބައިވެރިވެވަޑައިގެން ކުރިއަށް ގެންދެވި ބައްދަލުވުން ތަކުގައި ރައީސް ނަޝީދުއަށް ވޯޓް ދެއްވަންވީ ސަބަބުތައް ވަރަށް ތަފްޞީލްކޮށް ވިދާޅުވެދެއްވިއެވެ. އަދި ފުވައްމުލަކުގެ ބައެއް އަވަށް އަވަށުގެ ގޭގެއަށް ވަޑައިގެން އަދާލަތު ޕާޓީގެ މެންބަރުންނާއި ހުސައިން ރަޝީދު ބައްދަލު ކުރައްވާ ރައީސް ނަޝީދުއާއި ގުޅުވައިގެން ބައެއް ފަރާތްތަކުން ފަތުރަމުންދާ ހަޤީޤަތެއް ނެތް ވާހަކަތައް އެފަރާތްތަކަށް ސާފުކޮށްދެއްވަމުން ގެންދެވިއެވެ.