ޖޭއެސްސީގެ ރައީސް އާދަމް މުޙައްމަދު ޝަރީއަތްތަކަށް ނުފޫޒު ފޯރުވަމުންދާތީ އަންނަ ހޮނިހިރުގައި އެމްޑީޕީން މުޒާހަރާ ކުރަނީ

against.jsc.250513.

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)ގެ ރައީސް އަާދަމް މުޙައްމަދު ޝަރުޢީ ކޯޓް ތަކުގައި ކުރިއަށްދާ މައްސަލަތަކަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުން ގެންދާތީ އެކަމާ ދެކޮޅަށް އިހްތިޖާޖް ކުރުމުގެ ގޮތުން އެމްޑީޕީން ބާއްވާ މުޒާހަރާ އަންނަ ހޮނިހިރު ދުވަހު (25 މޭ 2013) ހަވީރު 4 ޖަހާއިރު މާލޭގަ އުސްފަސްގަނޑުން އަދި ރަށްރަށުގެ ހަރުގެ ތަކުން ފެށޭނެއެވެ.

މި މުޒާހިރާގެ ބޭނުމަކީ އަދުލު އިންސާފު ހޯދުމަށް ހުށަހެޅޭ މައްސަލަ ތަކަށް ޖޭ.އެސް.ސީ ތެރެއިންނާއި ޝަރުއީ ދާއިރާ އަދި ހިންގުމުގެ ބާރުގެ ތެރެއިން ނުފޫޒު ފޯރުވަމުން ގެންދާ ގެންދިއުން ވަގުތުން ވަގުތައް ހުއްޓާލުމަށް ގޮވާލާ ބާއްވާ މުޒާހިރާއެކެވެ.

އަންނަ ހޮނިހިރު ދުވަހު ހަވީރު އުސްފަސްގަނޑުން ފެށޭ މުޒާހަރާގައި އެމްޑީޕީގެ މެމްބަރުންނާއި އެމްޑީޕީއަށް ތަޢީދު ކުރައްވާ ފަރާތްތަކުންނާއި ހެޔޮ އެދިލައްވާ ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެލެއްވުމަށް އެމްޑީޕީގެ ހުރިހާ ދާއިރާއަކުންނާއި، އަންހެނުންގެ ރޫހުން އަދި ޒުވާނުންގެ ހިތްވަރުގެ ހަރަކާތްތެރިން އެދިވަޑައިގަންނަވައެވެ.