އެމްޑީޕީ ދޭތިން ފަހެތި ދޮރުން ދޮރަށް ފުރަތަމަ ބުރުގެ މަސައްކަތް ހަ ދާއިރާއެއްގައި ކުރިއަށް އެބަދޭ

އެމްޑީޕީ ދޭތިން ފަހެތި ކެންޕޭނުގެ ދޮރުން ދޮރަށް ހިނގުމުގެ ފުރަމަތަ ބުރުގެ މަސައްކަތް ހަ ދާއިރާއެއްގައި ކުރިއަށް އެބަދެއެވެ. އެގޮތުން މިހާރު ކުރިއަށްދާ ދާއިރާ ތަކުގެ ތެރޭގައި ތޮއްޑޫ ދާއިރާ، މަތިވެރި ދާއިރާ، މަހިނބަދޫ ދާއިރާ، މާމިގިލި ދާއިރާ، ކެޔޮދޫ ދާއިރާ އަދި ފެލިދޫ ދާއިރާ ހިމެނެއެވެ.

އެމްޑީޕީން ކެންޕެއިންގެ ދޮރުން ދޮރަށް ހިނގުމުގެ މަސައްކަތް މަހިބަނދޫ ގައި ކުރިއަށް ގެންގޮސް މައުލޫމާތު އެއްކުރައްވަމުން ގެންދަވަނީ އެމްޑީޕީ މަހިނބަދޫ ދާއިރާގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ މަހިނބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދު އިސްވެ ހުންނަވައި ގެންނެވެ. މަހިނބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދު ވިދާޅުވީ މަހިނބަދޫ ދާއިރާގެ ފަސްރަށުގެ ތެރެއިން ހަތަރު ރަށެއްގައި ދޮރުން ދޮރަށް ހިނގުން ފުރަތަމަ ބުރުގެ މަސައްކަތުގެ ނުވަދިހަ ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މަސައްކަތް ނުފެށިފައިވާ ރަށުގެ މަސައްކަތް ފަށާއި މުޅި ދާއިރާގެ މަސައްކަތް ކުރިއަށް މިއޮތް ދެތިން ހަތަރު ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރުޤިއްޔާ މުޙައްމަދު ވިދާޅުވިއެވެ.

އެމްޑީޕީ “ދޭތިން ފަހެތި” ދޮރުން ދޮރަށް ކެންޕެއިން ޓީމްގެ ފަރާތުން އައިޝަތު ޖެނިފާ މައުލޫމާތު ދެއްވި ގޮތުގައި ދޭތިން ފަހެތި ކެންޕެއިންގެ ދޮރުން ދޮރަށް ފުރަތަމަ ބުރު ހިނގާ، ޑޭޓާ އެންޓްރީއަށް ބޭނުންވާ މަސައްކަތުގެ ބޮޑުބައެއް ތޮއްޑޫ ދާއިރާގައިވެސް ނިމިފައިވާ ކަމަށެވެ. އަދި މަތިވެރި ދާއިރާ އާއި މާމިގިލި ދާއިރާ، ކެޔޮދޫ ދާއިރާ އަދި ފެލިދޫ ދާއިރާގެ ބައެއް ރަށްރަށުގައި މަސައްކަތް ކުރިއަށް ދާކަމަށް މައުލޫމާތު ދެއްވިއެވެ. އަދި މަސައްކަތް ބާރަށް ކުރިއަށް ގެންދިއުމަށްޓަކައި ދޮރުން ދޮރަށް ފުރަތަމަ ބުރުގައި ހިނގާ ޓީމްގެ މެންބަރުނަށް ކަމާގުޅޭ މައުލޫމާތާއި ތަމްރީނު ދީފައިވާ ކަމަށް މައުލޫމާތު ދެއްވިއެވެ.

އެމްޑީޕީ ދޭތިން ފަހެތި ކެންޕެއިންގެ ދޮރުން ދޮރަށް ހިނގުމުގެ މަސައްކަތް މަސައްކަތުގެ ފުރަތަމަ ބުރު ނިމުމާއެކު މި ހަ ދާއިރާގެ 23 ރަށުގައި ދެވަނަ ބުރުވެސް ފެށިގެން ކުރިއަށް ދާނެ ކަމަށާއި އެކަމަށް ބޭނުންވާ މައުލޫމާތު ކަރުދާހާއި ތަމްރީނު ދިނުމުގެ މަސައްކަތާއި އެހެނިހެން އިންތިޒާމްތައް ކުރިއަށް ދާކަމަށް މައުލޫމާތު ދެއްވިއެވެ.

އެމްޑީޕީ ދޭތިން ފަހެތި ދޮރުން ދޮރަށް ހިނގުމުގެ މަސައްކަތުގެ ފުރަތަމަ ބުރު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ދާކަމަށާއި ބައެއް ދާއިރާތައް މުޅިން ނިންމާލެވިފައިވާ ކަމަށް އެމްޑީޕީ ކެންޕެއިން ޓީމުން މައުލޫމާތު ދެއްވައެވެ. އަދި ޑާޓާ އެންޓްރީގެ މަސައްކަތް ކުރިއަށް ދާކަމަށާއި ދެވަނަ ބުރުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.