އެމްޑީގެ ޚާއްޞަ ޖަލްސާއެއް ރޭ ފުވައްމުލަކުގައި ބާއްވައިފި

އެމްޑީޕީގެ އެއްބުރުން މި ނަމުގައި ޚާއްޞަ ޖަލްސާއެއް ރޭފުވައްމުލަކުގައި ބާއްވައިފިއެވެ. ރޭއެމްޑީޕިން ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް ރައީސް މުޙައްމަދު ނަޝީދު އެވެ.

ރޭ ފުވައްމުލަކުގައި އެއްބުރުން މިނަމުގައި ބޭއްވި ޚާއްޞަ ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ލަޝްކަރުގެ ބަދަހި ގުޅުން މިހާރު ދައްކައިދެނީ އެއްބުރުން ރައީސް ނަޝީދު ކާމިޔާބް ކުރައްވާނެ ކަމެވެ.

އަޙްމަދު އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ގެސްޓް ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށާއި ރަށްތަކަށް ކުރިއެރުން އަންނަ މަންޒަރުތައް އަންނަމުން ދާކަމަށެވެ. އަދި އެމްޑީޕީގެ މެރިކަލްޗަރގެ ސިޔާސަތުގެ ސަބަބުން ރަށްރަށުގެ މަސްވެރިންނާއި ދަންޑުވެރިންގެ އަތްމަތި ތަނަވަސް ވެގެންދާނެ ކަމަށެވެ. އަދި ރައްޔިތުންގެ މިއަދު ތިބީ ފައިސާ ކޮޅަކަށް ރައްޔިތުންގެ ތަރައްޤީ އާއި ކުރިއެރުން ވިއްކާލާ ގޮތަކަށް ނޫން ކަމަށާއި މިއަދު ރައްޔިތުން ތިބީ އެމްޑީޕީއާއި ގުޅި ލާމެހިފައިވާ ކަމަށެވެ.

އަޙްމަދު ޢަބްދުﷲގެ ވާހަކަ ފުޅުގައި ޤައުމު ތަރައްޤީ ވުމަށް އޮތް އެއް ކަމަކީ ޒުވާނުންނަށް ވަޒީފާ ލިބުން ކަމަށާއި އެމްޑީޕީގެ ސިޔާސަތު ތަކުގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ފުޅުގައި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ މިއަދު މި ފެންނަނީ ރާއްޖޭގެ އަންހެނުންވެސް ސިޔާސީ މައިދާނުގައި ކުރިއަށް ތިބި މިންވަރު ކަމަށެވެ. އަދި މިއަދު ފޯއްމުލަކުންވެސް މި ފެންނަ މަންޒަރީ އަންހެން ކަނބަލުން ނުކުމެ އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް އެއްބުރުން ހޮވާނެ ކަމުގެ މަންޒަރު ކަމަށެވެ.

މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ބޮޑު ބަޖެޓެއްފާސްކޮށްގެން ދިޔައިރު މިއަދުގެ ބާޤީ ސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދެމުން ނުދާ ކަމަށާއި އަދި އެވަރުން ނުފުދިގެންވެސް މިހާރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަމުން އުޅެމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ކޮށްދެމުންދާނެ ކަމެއްގެ ވާހަކަވެސް އެމްޑިޕީ ރިޔާސީ ކެންޑިޑޭޓް ފިޔަވައި އެހެން އެއްވެސް ރިޔާސީ ކެންޑިޑޭޓެއް ނުދައްކަވާ ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ މެންބަރު މުޙައްމަދު ތޯރިޤް ވަނީ ރައްޔިތުންގެ މަޖިލީހުގެ ނ. ވެލިދޫ ދާއިރާގެ މެންބަރު އެމްޑީޕީއާއި ގުޅިވަޑައިގަތް ކަމަށް ރަސްމީކޮށް އިއުލާން ކުރައްވާފައެވެ. އަދި މިހާރު އެމްޑީޕީއަކީ އެންމެ ބޮޑު އިއްތިހާދު ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީއާއި ގުޅިވަޑައިތް ކަމަށްޓަކައި އެމްޑިޕީގެ ޕާލިމެންޓްރީގެ ނަމުގައިއާއި އެމްޑިޕީގެ ހުރިހާ މެންބަރުންގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަލީ މުޙައްމަދު އަށް ޝުކުރާ މަރުޙަބާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.

އެމްޑިޕީން ފޯއްމުލަކުގައި އެއްބުރުން މިނަމުގައި ބޭއްވި މިޖަލްސާގައި ވާހަފުޅު ދައްކަވަމުން އެމްޑިޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަ ފުޅުގައި މިހާރު މިފެންނަ މަންޒަރުން އެއްބުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އެއްބުރުން ކާމިޔާބު ކުރާނެ ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ އިންތިހާބީ ރައީސްލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ރައްޔިތުންގެ ހާލު ބެއްލެވުމަށް ދޮރުން ދޮރަށް ހިންގަވާ ކަމަކީ މިވޭތުވެދިޔަ އަހަރު ތަކުގައި ރާއްޖޭގެ ވަލިއްޔުލް އަމްރުގެ ގޮތުގައި ރައްޔިތުންގެ ހާއްލު ބެއްލެވުމަށް އެންމެ އައިދައިގެ ރައްޔިތުން ކައިރިއަށްވެސް ޒިޔާރަތް ކުރައްވަމުން ގެންދެވި ގެންދެވުން ކަމަށެވެ.

އެމްޑީޕީ ޕާލިމެންތްރީ ގްރޫޕް މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދު ފޯއްމުލަކަކީ ސިޔާސީ ކުއްވެރިން އަރުވާލާ ބޮޑު ޖަލެއް ކަމުގައި ބެލެންނެތް ކަމަށެވެ. އަދި މިއަދު ފޯއްމުލަކަކީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އޮތްތަނެއް ކަމަށްވެގެން ދިޔައީ އެމްޑިޕީގެ މަސައްކަތުން ކަމަށެވެ.

ރޭގެ ޖަލްސް ތަޢާފަރު ކުރުމުގެ ގޮތުން ވާހަކަ ދައްކަވަމުން ފުވައްމުލަކުގެ ކައުންސިލަރ އިބްރާހިމް ފިކުރީ ވިދާޅުވީ އެމްޑިޕީގެ ފުވައްމުލަކުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްއަށް 70 ޕަސެންޓް ވޯޓް ލިބިގެން ދާނެ ކަމަށާއި ފުވަމުލަކު ރައްޔިތުން މިއަދު ތިބީ އެމްޑިޕީއާއި އެކު ކަމަށެވެ. އަދި މިއަދު އެކަނިވެސް 200 އަށްވުރެގިނަ މީހުން ފުވައްމުލަކުން އެމްޑިޕީއާއި ގުޅިއްޖެ ކަމަށާއި މިއަދު ކޮންމެ ދަތުރެއްގައި އެމްޑިޕީއަށް ފުވައްމުލަކުން ޙާއްޞަ މަރުހަބާއެއް ދަންނާވާ އެމްޑިޕީއަށް ކުރިއެރުން ތަކެއް ލިބިގެން ދާނެ ކަމަށް ވިދާޅުވިއެވެ.