އެމްޑީޕީގެ ދޭތިން ފަހެތި ކެމްޕެއިން ޓީމުން ހއ ގެ ބައެއް ރަށްރަށަށް ކުރި ދަތުރު ނިންމައިފިި.

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ ދޭތިން ފަހެތި ކެމްޕެއިން ޓީމުން ހއ ގެ ބައެއް ރަށްރަށަށް ނިމިދިޔަ ހަފްތާގެ ބަންދުގައި ކުރި ދަތުރު ނިމިއްޖެއެވެ.

ދޭތިންފަހެތި ކެންޕެއިން ޕްރޮގްރާމްގެ ދަށުން ކެމްޕެއިން ޓީމު ޒިޔާރަތް ކުރި ރަށްރަށަކީ، ބާރަށް، ވަށަފަރު، ފިއްލަދޫ، ކެލާ، މުރައިދޫ އަދި އުތީމުއެވެ. މިއިން ކޮންމެ ރަށެއްގައިވެސް މައިގަނޑު މަސައްކަތެއްގެ ގޮތުގައި ކުރިޔަށް ގެންގޮސްފައިވަނީ ކެމްޕެއިން އޭޖެންޓުންނާއި ބައްދަލުކޮށް، ކެމްޕެއިން ޓީމު އެކުލަވާލުމާއި، ކެމްޕެއިންނާ ގުޅެ މަޝްވަރާބައްދަލުވުންތައް ބާއްވާ، ދޮރުން ދޮރުން ހިނގާ މައުލޫމާތު އެއްކުރުމެވެ. މީގެ އިތުރުން މި ރަށްރަށުގެ އާއްމު ހާލަތު އޮޅުންފިލުމުގެ ގޮތުން ކައުންސިލަރުންނާއި އާއްމު ރައްޔިތުންނާވެސް ވަނީ ބައްދަލުވުންތައް ބާއްވާފައެވެ.
ޓީމު މެމްބަރ މޫސާ ނަޢީމު ހާމަ ކުރެއްވިގޮތުގައި މި ނިމިދިޔަ ހަފްތާ ބަންދުގައި އެންމެ މުހިންމު ގޮތެއްގައި ބޭއްވުނީ “މެރިކަލްޗަރ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީގެ ސިޔާސަތު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ ހއ. ބާރަށުގަ ކަމަށެވެ. މީގެ އިތުރުން 2013ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިޣުލާން ކުރަން ދެން މި ރަށްތަކުގައި ދޭތިން ފަހެތި ކެމްޕެއިންގެ މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ގެންދާނެކަމަށެވެ. އަދި ރޭގަ ކެލާގެ ވަނީ ދޭތިން ފަހެތި އާއްމު ޖަލްސާއެއް ބާއްވާފަައެވެ.
ހއ. ގެ ބައެއް ރަށްރަށަށް މި ނިމިދަޔަ ހަފްތާ ބަންދުގައި ކުރި މި ދަތުރުގެ ކޯޑިނޭޓަރަކީ ރައީސް ނަޝީދު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙަންމަދުއެވެ. އަދި ހިތަދޫ މެދު ދާއިރާގެ މަޖްލިސް މެމްބަރ މުޙަންމަދު ރަޝީދު )މެޓްރިކްސް މޯޑު( މި ޓީމުގެ އިސްކޮށް އުޅުއްވިއެވެ.