ރައްޔިތުންގެ މަޖިލީހުގެ ރަޢީސް ޢަބުދުﷲ ޝާހިދު އެމް.ޑީ.ޕީ އާއި ގުޅިވަޑައިގަތުމާޢި ގުޅިގެން ދެކުނުޕްރޮވިންސް ގެ ފަރާތުން އެމަނިކުފާނަށް މަރުޙަބާ ދަންނަވަން

thahuniya

ނަމްބަރ:MDP-SP/2013/13
ތާރީޚު: 18 އޭޕްރިލް 2013

ރައްޔިތުންގެ މަޖިލީހުގެ ރަޢީސް ޢަބުދުﷲ ޝާހިދު އެމް.ޑީ.ޕީ އާއި ގުޅިވަޑައިގަތުމާޢި ގުޅިގެން ދެކުނުޕްރޮވިންސް ގެ ފަރާތުން އެމަނިކުފާނަށް މަރުޙަބާ ދަންނަވަން.

ދިވެހިރާއްޖޭގެ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް ޢަބުދުﷲ ޝާހިދު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އާއި ގުޅިވަޑައިގަތުމަކީ މި ޕާރޓީއަށާއި އަދި ވަކީން ޚާއްޞަކޮށް މި ޕާރޓީގެ ސިޔާސީ ޙަޔާތުގައި ލިބިގެންދިއަ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި އަޅުގަނޑުމެން ދެކެމުއެވެ.

އެމަނިކުފާނުގެ ޢިލްމީ ތަޖްރިބާއާއި އަދި ސިޔާސީ ތަޖްރިބާއަކީ މިޕާރޓީން މެދުކެނޑުމެއްނެތި ކުރަމުން މިދާ އިސްލާޙީ މަސައްކަތަށާއި އަދި ދިވެހި ޑިމޮކްރަސީއަށްޓަކައި ކުރަމުން މިދާ މަސައްކަތަށް ލިބިގެންދިއަ ނުހަނު ބޮޑު ކުރިއެރުމެއް ކަމުގައިވެސް އަޅުގަނޑުމެން ޔަޤީން ކުރަމުއެވެ. އޮނަރަބްލް ޢަބްދުﷲ ޝާހިދު އެމް.ޑީ.ޕީއާއި ގުޅިވަޑައިގަތުމަކީ މިޕާރޓީގެ ހައިބަތު އިތުރުވެ ވަރުގަދަ ވެގެންދާނޭ ކަމެކެވެ. ޕާރޓީއަށް ލިބިގެންދިއަ އިތުރު ކުރިއެރުމެކެވެ. ޕާރޓީގެ މެމްބަރުގެ ރޫޙަށް ލިބިގެންދިއަ އިތުރު ހިތްވަރެކެވެ.

ދެކުނު ޕްރޮވިންސްގެ ފަރާތުން ދެކެނީ އެމަނިކުފާނުގެ އެނިންމެވުމަކީ މިޤައުމުގެ ޅަފަތުގައި އޮތް ޑިމޮކްރަސީ ގެ ހައްޤުގައި ނިންމެވި ވަރަށްމަތިވެރި ނިންމެވުމެއްގެ ގޮތުގައެވެ. މިހެންކަމުން މިފުރުޞަތުގައި، މިޕްރޮވިންސްގެ އެންމެހާ އެމް.ޑީ.ޕީ މެމްބަރުންގެ ނަމުގަޔާ އަދި ޖުމްލަކޮށް ޑިމޮކްރަސީގެ ހައްޤުގައި މަސައްކަތްކުރައްވަމުން ގެންދަވާ އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި އޮނަރަބްލް ޢަބުދުﷲ ޝާހިދަށް ނުހަނު އިޚްލާސްތެރިކަމާއެކު މަރްޙަބާ އާއި ޝުކުރު ދަންނަވަމެވެ.