ދޭތިން ފަހެތި ކެމްޕެއިން އިތުރު ފޯރިއާއިއެކު އދ. މާމިގިލި ދާއިރާގައި

ލިޔުނީ: ޝަހީދާ

maamigili

މިއަދު (12 އޭޕްރިލް 2013)ވީ ހުކުރު ދުވަހު މެންދުރު ފަހު މާމިނގިލި ދާއިރާއަށް ދިއުމަށް ދަތުރު ފެށި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޓީމު މި ހަފްތާ ބަންދުގައި އިތުރު ފޯރީއާއެކު އެ ދާއިރާގައި ކެމްޕެއިންގެ ހަރަކާތްތައް ކުރިޔަށް ގެންދާނޭކަމުގައި ޓީމުގެ މެމްބަރ، ދާއިރާ ރައީސް އިބްރާޙިމް ރަޝީދު )އިބޫ( ވިދާޅުވެއްޖެއެވެ.

މާމިނގިލި ދާއިރާގެ، ފެންފުށި، ދިގުރަށް، ދަނގެތި، އަދި މާމިނގިއްޔަށް ކުރާ މި ދަތުރުގައި އެ ދައިރާގަ އިތުރު ފޯރީގައި ކުރިޔަށް ގެންދިއުމަށްޓަކައި ދާއިރާގެ ރަށްތަކުގެ އެމް.ޑީ.ޕީގެ ރިޔާސީ ކެންޕެއިންގެ އޭޖެންޓުންނާއި ބައްދަލުކޮށް، މިހާތަނަށް ކުރެވިފައިވާ އަދި ކުރަން ރާވައިފައިހުރި މަސައްކަތްތަކާއިބެހޭ މައުލޫމާތު ސާފުކޮށް، އެބޭފުޅުންނާއިއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަން ހަމަޖެހިފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި މިއާއެކު އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ވަޢުދާ ހިނގުމަށްވެސް ހަމަޖެހިފަވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މާމިނގިލި ދާއިރާގެ ރަށްތަކަށް ކުރާ މި ދަތުރުގެ ޓީމުގެ މެމްބަރުންނަކީ، މިލަންދޫ ދާއިރާގެ ޕާލިއަމަންޓް މެމްބަރ އަލީ ރިޒާ، މާފަންނު ދެކުނު ދާއިރާގެ ޕާލިއަމަންޓް މެމްބަރ އިބްރާޙިމް ރަޝީދު، ޝަފީގުގޭ މުޙައްމަދު ޝަފީގު )ޓީމުގެ ކޯޑިނޭޓަރ(، ދާއިރާ ރައީސް އިބްރާޙިމް ރަޝީދު، ޝަފީގު އިބްރާޙިމް، އައިޝަތު ޖެނިފާ، އަދި ދާއިރާގެ ނައިބު ރައީސް އިބްރާޙިމް އިސްމާއިލްއެވެ.