މ، ފ އަދި ދ އަތޮޅުގެ ހުރިހާ ރަށެއްގަ “ދޭތިން ފަހެތި” ކެމްޕެއިން ގެ ހަރަކާތްތައް ފައްޓަވާދެއްވައިފި

ލިޔުނީ: ޝަހީދާ

ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިހާރު ކުރިއަށް ގެންދާ “ދޭތިން ފަހެތި” ރިޔާސީ ކެންޕެއިންގެ ދަތުރުތަކުގެ ތެރެއިން މ، ފ، އަދި ދ އަތޮޅުގެ ރަށްތަކަށް ކުރެވުނު ދަތުރު ވަރަށް ފުރިހަމަކަމާއެކު ނިންމައިފިކަމަށް ޓީމުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

މި 3 އަތޮޅުގެ ދާއިރާތަކަށް ކުރި ދަތުރުގަ ކެމްޕެއިން މަސައްކަތް ކުރިޔަށް ގެންދިޔައީ މި އޭޕްރިލް މަހުގެ 7 ން10 އަށެވެ. މިގޮތުން މ، ފ އަދި ދ އޮތޮޅު ހުރިހާ ރަށަކަށް ޒިޔާރަތްކޮށް “ދޭތިން ފަހެތި” ކެމްޕޭން ހިންގާނެ ގޮތުގެ މަސައްކަތުބައްދަލުވުން ބާއްވާ “ވަޢުދާ ހިނގުން” ދޮރުން ދޮރަށް ހިނގުމުގެ މަސައްކަތް ވަނީ ފައްޓާފައެވެ. މި 3 އަތޮޅުގެ ރައްރަށުގެ އާއްމު ރައްޔިތުންނާއެކު ބޭއްވުނު ބައްދަލުކުރުންތަކަށް ވަރަށް ތާއީދު ލިބުނުކަމަށް ޓީމުގެ މެމްބަރުން ވިދާޅުވިއެވެ. އަދި މީގެ އިތުރުން މި 3 އަތޮޅުގެ “ދޭތިން ފަހެތި” ކެމްޕެއިން މަސައްކަތް ކޮންމެ ހަފްތާ ބަންދެއްގައިވެސް ކުރާގޮތަށް ވަނީ ހަމަޖެފަކަމަށް ޓީމުގެ ޑިޕިއުޓި ކޯޑިނޭޓަރ އަޙްމަދް އާދިލް ވިދާޅުވިއެވެ.

މި ދަތުރުގެ “ދޭތިން ފަހެތި” ކެމްޕެއިން ޓީމުގެ އިސްބޭފުޅަކީ ރައީސް ނަޝީދު ސަރުކާރުގެ ފައިނޭންސް މިނިސްޓަރ މުޙައްމަދު ޝިޙާބުއެވެ.