ދިވެހިރައްޔިތުންގެ ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިހާރު ކުރިއަށް ގެންދާ “ދޭތިން ފަހެތި” ރިޔާސީ ކެންޕެއިންގެ ދަތުރުތަކުގެ ތެރެއިން ބ އަދި ޅ އަތޮޅުގެ ދާއިރާތަކަށް ކުރެވުނު ދަތުރު ވަރަށް ފުރިހަމަކަމާއެކު ނިންމައިފިކަމަށް ޓީމުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
މި 2 އަތޮޅުގެ ދާއިރާތަކަށް ކުރި ދަތުރުގަ ކެމްޕެއިން މަސައްކަތް ކުރިޔަށް ގެންދިޔައީ މި މާރޗް މަހުގެ 21 ން 30 އަށެވެ. މިގޮތުން ބ. އަތޮޅުގެ ކުޑަރުކިލު، ދޮންފަނު، ކަމަދޫ، ދަރަވަންދޫ، ކެންދޫ، ކިހާދޫ މި 6 ރަށަށް ޒިޔާރަތްކޮށް “ދޭތިން ފަހެތި” ކެމްޕޭން ހިންގާނެ ގޮތް ކިޔާދީ އަމަލީގޮތުން އެ މަސައްކަތް ކުރެވުނެވެ.
ޅ. އަތޮޅުގެ ނައިފަރު، ހިންނަވަރު، ކުރެންދޫ، އޮޅުވެލިފުށި، މި ހަތުރަށަށް ޓީމްތައް ބަހާލައިގެން “ދޭތިން ފަހެތި” ކެމްޕޭން ހިންގާނެ ގޮތް ކިޔާދީ އަމަލީގޮތުން އެ މަސައްކަތް ކުރެވުނެވެ. ނައިފަރުގައި ރިޔާސީ ކެމްޕޭން ހިންގުމަށް ޓަކައި ކެމްޕެއިން އެޖެންޓުންނާ ، ޖަގަހަ ކޯޑިނޭޓަރުން ހޮވާ އަދި ދޮރުން ދޮރަށް ހިގާނެ ޓީމްތައް ހޮވާ އަމަލީގޮތުން އެމަސައްކަތް ފަށައިގަނެވުނެވެ. މި ރަށުގައި ރިޔާސީ ކެމްޕޭން ހިންގުމަށް ޓަކައި ވަރަށްފުރިހަމަ އޮފީހެއްވަނީ ހުޅުވާފައެވެ.
ހިންނަވަރުގައިވެސް ކެމްޕެއިން އެޖެންޓުންނާ ، ޖަގަހަ ކޯޑިނޭޓަރުން ހޮވާ އަދި ދޮރުން ދޮރަށް ހިގާނެ ޓީމްތައް ހޮވާ އަމަލީގޮތުން އެމަސައްކަތް ފެށިފައި ވެއެވެ. އަދި މީގެ އިތުރުން، ހިންނަވަރުގައި އަންހެނުންގެ ރޫހް އެކުލަވާލުމުގެ މަސައްކަތް ކުރެވުނެވެ. އަދި ކުރެންދޫ އާ އޮޅުވެލިފުށީގައިވެސް މި އެންމެހާ މަސައްކަތްތައްވަނީ ފަށާފައެވެ.
މި ކެމްޕއެިން މަސައްކަތްތަކަށް ލިބުނު ތަރްޙީބަށްޓަކައި މި ރައްރަށުގެ އެންމެހާ ރައްޔިތުންނަށް ނިހާޔަތަށް ޝުކުރު އަދާ ކުރާކަމަށް ޓީމުގެ މެމްބަރުން ވިދާޅުވިއެވެ.
މި ދަތުރުގަައި ބައިވެރިވެވަޑައިގަތީ ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރ އަހްމަދް ނަސީމް ، މުހައްމަދް މާހިރު އިސާ، އަލީ ފާއިޒް، މުހައްމަދް އިބަރާހިމް (މޯޑް) އަބްދުލް ބާރީ އަބްދުﷲ، އަބްދުލް އަޒީޒް އަބްދުލް ހަކީމް، މުހައްމަދް އާރިފް،(ބޭބެ) ހަސަން ވަހީދް، އަންހުނުން ގެ ރޫޙްގެ ރައީސާ ޝިޔާމާ އަހްމަދް، އާސިމާ އަދި އައްޒާމް އެވެ.
މި މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިއުމަށްޓަކާ 6 އޭޕްރިލް 2013 އާ ހިސާބަށް މިޓީމުގެ މެމްބަރ އަބްދުލް އަޒީޒް އަބްދުލް ހަކީމް، ނައިފަރުގައި މަޑުކުރައްވާނެއެވެ.