ބައިންއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރާ ޖަލްސާ ދަރުބާރުގޭގައި އޮންނާނެ

ދިވެހިރައްޔިތުންގެ ޑެމޮކްރަޓިކް ޕާޓީ )އެމްޑީޕީގެ( އަންހެނުންގެ ރޫހުގެ ފަރާތުން ބާއްވާ ޙާއްސަ ޖަލްސާއެއް މިރޭ )8 މާރޗް 2013( އޮންނާނެއެވެ. ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މި ޖަލްސާ އޮންނާނީ މިރޭ 9 ޖަހާއިރު ދަރުބާރުގޭ ދޮށިމޭނާ މާލަމުގައެވެ.

އެމް.ޑީ.ޕީގެ އަންހެނުންގެ ރޫޙުން ކުރިޔަށް ގެންދާ މި ޖަލްސާގަ އަންހެން ކަނބަލުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން އެމްޑީޕީގެ އެންމެހާ މެމްބަރުންނަށާއި ތާއީދު ކުރައްވާ ހުރިހާ ފަރާތްތަކަށްވެސް ވަނީ ދައުވަތު އަރުވާފައެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މި ޖަލްސާއަށްފަހު މިދުވަސް ފާހަގަ ކުރުމުގެ އިތުރު ހަރަކާތެއްގެ ގޮތުން 9 މާރޗް ވާ ހޮނިހިރު ދުވަހު ހަވީރު ހިނގާލުމެއްވެސް ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.