އަސްވާޑުގެ ހާލު ބައްލަވައިލެއްވުމަށް ޗެއާޕަރސަން މޫސަ ލަންކާ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފި

reeko-moosa-450-x-301

ލަންކާ ހޮސްޕިޓަލްގެ އައި.ސީ.ޔޫ ގައި އެޑްމިޓްކޮށްފައިވާ ރާއްޖެ ޓީވީގެ ނިއުސް ހެޑް އިބްރާހިމް ވަހީދު (އަސްވާޑް)ގެ ހާލު ބައްލަވާ ލެއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕަރސަން ރީކޯ މޫސާ މަނިކު އެ ހޮސްޕިޓަލަށް ވަޑައިގެންފިއެވެ.

އެމްޑީޕީގެ ޗެއާޕަރސަން މޫސާ މަނިކު ވަނީ، އަސްވާޑު ލަންކާ ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރު ކޮޅެއްގެ ތެރޭގައި ހޮސްޕީޓަލަށް ވަޑައިގެންފައެވެ. އަދި ހޮސްޕިޓަލަށް ވަޑައިގެން ޗެއާޕަރސަން ވަނީ އަސްވާޑްގެ އާޢިލާގެ ބޭފުޅުންނާއި ބައްދަލުކުރައްވާ ހިތްވަރުދެއްވާފައެވެ. އަދި އާއިލާއަށް މި ލިބުނު ފުން ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޗެއާޕަރސަންގެ އިތުރުން އަސްވާޑުގެ ހާލު ބައްލަވާ ލެއްވުމަށް ރައީސް މުޙައްމަދު ނަޝީދު ގެ އަނބިކަނބަލުން ލައިލާ އަލީއާ އެމްޑީޕީގެ ލީޑަރޝިޕްގެ އިސްފަރާތްތައް ވަނީ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައެވެ.