ރައީސް ނަޝީދު އިންޑިއަން ހައިކޮމިޝަނުން ނުކުމެވަޑައިގެންފި

raeespress

ދިވެހިރާއްޖެގައި ހުންނަ އިންޑިއަން ހައިކޮމިޝަންގެ ހިމާޔަތުގެ 11 ދުވަސް ހޭދަކުރެއްވުމަށް ފަހު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު، އެކޮމިޝަން ދޫކުރައްވާ މިއަދު ނުކުމެވަޑައިގެންފިއެވެ.

އެ ކޮމިޝަން ދޫކުރައްވައި ނުކުމެވަޑައިގެންނެވުމަށް ފަހު ރައީސް ނަޝީދު ވަނީ މިއަދު 16:00ގައި ދަރުބާރު ގޭގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަވާފައެވެ. އަދި ނިއުސް ކޮންފަރެންސް ނިމުމުން، އެމަނިކުފާނު ވަނީ، އުސްފަސްގަނޑަށް ވަޑައިގެން، އެމަނިކުފާނަށާއި އެމްޑީޕީއަށް ތާޢީދު ކުރާ ފަރާތްތަކާއި މުޚާތަބުކުރައްވާފައެވެ.