“ދިވެހިރާއްޖޭގެ މަސްރަޙާ ގުޅޭގޮތުން ނެރޭ ނޫސްބަޔާން”

“ނިއު ދިއްލީ”
13 ފެބްރުއަރީ 2013

“ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ހައްޔަރުގެ ޢަމުރެއް ނެރުމާއެކު 2013 ސެޕްޓެންބަރު މަހަށް ތާވަލުވެފައި އޮތް ރިޔާސީ އިންތިޚާބުގެ ކެނޑިޑޭޓެއްކަމަށްވާ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ހުންނެވީ އިންޑިޔާގެ އެހީތެރިކަމަށް އެދިވަޑައިގެން، އިންޑިޔާ ހައިކޮމިޝަން ތެރޭގައެވެ.” “ މަސްރަޙަށް ޙައްލު ހޯދުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ މިދަނީ މުއާސަލާތުކުރަމުންނެވެ.”

“އިންޑިޔާއަކީ ދިވެހިރާއްޖޭގެ އެކުވެރި އަވަށްޓެރިއެއްކަމުން ދިވެހިރާއްޖޭގައި ކުރިއަށްމިދާ ސިޔާސީ ހަލަނބޮލިކަމުގެ މައްޗަށް ކަންބޮޑުވުން ފައުޅުކޮށް، މިނިވަން، އިންސާފުވެރި، އިތުބާރުހިފޭ އަދި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮތް ރިޔާސީ އިންތިޚާބަކަށް މަގުފަހިކުރުމަށްޓަކައި ސަރުކާރާއި، އެންމެހާ ސިޔާސީ ޕާޓީތަކަކުންވެސް ޑެމޮކްރަސީގެ އަސާސީ އުސޫލުތަކަށް ފުރިހަމައަށް ތަބަޢަވުމަށް އިންޑިޔާއިން ގޮވައިލައެވެ.” “އަދި ރިޔާސީ އިންތިޚާބު ބާއްވާނީ 7 ސެޕްޓެންބަރު 2013ގައިކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އިޢުލާންކުރައްވާފައިވުމާއެކު، އެންމެހައި ސިޔާސީ ޕާޓީތަކަށްވެސް )ރަސްމީ( އެއިންތިޚާބުގައި ބައިވެރިވުމަށް ހުރަހެއްނެތި އެކަމުގެ މިނިވަންކަން ކޮންމެހެން އޮންނަންޖެހެއެވެ.” “ސިޔާސީ ލީޑަރުންނަށް އިންތިޚާބުގައި ބައިވެރުނުޔވެވޭނެގޮތް ހެދުމަކީ އިންތިޚާބުގެ ސައްޙަކަމާއިމެދު ސުވާލު އުފެދޭނެ ޖާގަ އުފައްދަނިވިކަމަކަށްވާ ހިނދު، އެކަމުން ރާއްޖޭގެ ސިޔާސީ މަސްރަޙުގެ ނުތަނަވަސްކަން އިތުރުވެ
ކުރިއަށްދާނެއެވެ.” “އަދި މިއީ ދިވެހިރާއްޖެއަށްވެސް އަދި މިސަރަޙައްދަށްވެސް މަސްލަޙަތުހުރިގޮތެއްނޫނެވެ.” “ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު ކިލަނބުވެ ހޫނުވެދާފަދަ އެއްވެސް ބާވަތެއްގެ ޢަމަލެއް ނުހިންގުމަށް ދިވެހި ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށް އިންޑިޔާއިން ގޮވައިލައެވެ.”

ނިއު ދިއްލީ
13 ފެބްރުއަރީ2013