އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޚާއްސަ ޖަލްސާ މާލެ ސިޓީ ހޯލުގައި އޮންނާނެ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް މިއަދު ހަވީރު 6:30 ގައި މާލެ ސިޓީ ހޯލުގައި އޮންނާނެ އެވެ.

މި ޖަލްސާގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ، ބަޢާވާތުގެ ސަރުކާރުގެ ހިއުމަންރައިޓްސް މިނިސްޓަރުކަން ކުރައްވާފައިވާ އަލްއުސްތާޒް ފާތުމަތު ދިޔާނާ ސަޢީދު ނެރުއްވާފައިވާ “ސައިލެންޓް އިންކުއަރީ”އާ ގުޅޭގޮތުން ނެވެ. އެ ފޮތުގައި ދިޔާނާ ސަޢީދު ވިދާޅުވެފައިވާގޮތުން ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އިނދިކޮޅު ފަރާތްތަކުން ވަނީ ރާވާފައެވެ.

މިރޭ މި ބާއްވާ ޖަލްސާ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 113 ވަނަ ޖަލްސާ އެވެ.