ނޫސްބަޔާން: އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖްލިސްގެ ޢިއްޒައްތެރި މެމްބަރ އޮނަރަބްލް އަލްހާން ފަހުމީގެ އަށް ޕީޕީ އެމްގެ ބަޔަކު ނިކުމެ ދިން ޙަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އައްޑޫ ސިޓީ އިން ނެރޭ ނޫސް ބަޔާން!

noosbayan

22 ޑިސެމްބަރ 2012 ހޮނިހިރު

ރައްޔިތުންގެ މަޖްލިސްގެ އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ޢިއްޒައްތެރި މެމްބަރ އަލްހާން ފަހުމީ އަށް 21 ޑިސެމްބަރ 2012 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޕީޕީއެމްގެ ބަޔަކު ދިން ހަމަލާ އަކީ ވަރަށް ނާ ތަހުޒީބު ޢަމަލެއްކަމެއް ކަމުގައި އެމްޑީޕީ އައްޑޫ ސިޓީގެ ފަރާތުން ފާހަނގަކޮށް މިކަން ވަރަށް ބޮޑަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ޙާލުގައި ރާއްޖޭގެ އެންމެހައި ސިޔާސީ ޕާރޓީތަކަށްވެސް ކޮންމެ ޕާރޓީ އަކުންވެސް އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ކުރުމަށް ގޮވާލާ އަދި މީގެ އިތުރުން ސިޔާސީ ޕާރޓީ ތަކަކީ ޤާނޫން އަސާސީގެ ވަކި ހުދޫދެއްގެ ތެރެއިން އުފެދި ރެޖިސްޓްރީ ވެގެން ވުޖޫދަށް އައިސްފައިވާ އެއްޗެއްކަމަށާއި އަދި ހަމަ އެހެންމެ ކޮންމެ ސިޔާސީ ޕާރޓީ އެއްގެ މެމްބަރަކީވެސް އެ ޕާރޓީ އެއްގެ އެންމެ މުހިއްމު އެއް ގުނަވަނައްވެ އަދި އެންމެ މުހިއްމު އަސާސް ކަމުގައި މި ސިޓީ އެމްޑީޕީގެ ފަރާތުން ފާހަނގަކުރަމެވެ.އަދި ރައްޔިތުންގެ މަޖްލިސް އަކީ ރާއްޖޭގެ އެންމެ ބޮޑު 3 ބާރުގެ ތެރެއިން 1 ބާރަށްވެފައި މީގެ އިތުރުން ޤާނޫން ހަދާ އެ ޤާނުންތައް ތަންފީޒުކުރުމަށް މަސައްކަތްކުރާ ބަޔަކަށް މަޖްލިސް ވީހިނދު މަޖްލިސްގެ ކޮންމެ މެމްބަރަކީވެސް އެދާއިރާ އެއްގެ ރައްޔިތުން ވޯޓް ދީގެން އިންތިޚާބުކުރާބަޔަކަށް ވެފައި މަޖްލިސްގެ ޢިއްޒައްތަރި މެމްބަރުންގެ ގަޔަށް ބޮލަށް އަރައި އެ މީހުނަށް އަނިޔާކުރުމަކީ އެއްގޮތަކަށްވެސް ވެގެން ނުވާނެ ކަމެއްކަމުގައި މިސިޓީ އެމްޑީޕީ އިން ފާހަނގަކޮށް މިފަދަ ކަންތައްތައް ވަރަށް ބޮޑަށް ކުށްވެރިކުރަމެވެ. އަދި މީގެ ސިއްރު ކަމުގައި ވަނީ މިހާރަކަށް އައިސް މަޖްލިސް އުއްވާލުމަށް ޕީޕީއެމް އަދި މިހާރުގެ މި އޮއް ސަރުކާރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ކަމުގައިވެސް ފާހަނގަކުރަމެވެ. އަދި ކޮންމެ ފަރުދަކީވެސް މަޖްލިސް މެމްބަރަކީވެސް މިނިވަންކަމާ އެކު އުޅެވެންޖެހޭނެ މީހަކަށްވެފައި މެމްބަރުންނަކީ ޤާނޫން އަސާސީގެ 72 ވަނަ މާއްދާގެ ހ އަދި ށ ގެ ދަށުން ޤަވާޢިދާ އެއްގޮތަށް ހޮވި އޭގައިވާ ގޮތަށް ޢަމަލުކުރަމުން ގެންދާ ބަޔަކު ކަމުގައިވެސް ފާހަނގަ ކުރަމެވެ. އަދި ހަމަ އެހެންމެ ދިވެހި ރާއްޖޭގެ ޖުޑިޝަރީ އާއި ރައްޔިތުން ހިމާޔައްކުރަންތިބޭ މީހުން ( ރާއްޖޭގެ ފުލުހުން ) މަޖްލިސްގެ ޢިއްޒައްތެރި މެމްބަރުންނާ ދިމާލަށް މުޚާތަބު ކުރަން ނުޖެހޭ ބަހުރަވަ ބޭނުންކޮށްގެން ޙިމާޔަތް ކުރުމުގެ ބަދަލުގައ ބިރުދެއްކުމާއި މިފަދަ ޢާާއްމު އުނދަގޫތައް ކޮށް މެމްބަރުންނަށް ފުލުހުން ބިރުދައްކަމުންދާކަންވެސް މި ސިޓީގެ ފަރާތުން ވަރަށް ބޮޑަށް ކުށްވެރިކޮށް ވަގުތުން ވަގުތަށް މިފަދަ ޖަރީމާތައް ހުއްޓާލުމަށް ދިވެހި ފުލުހުންނަށް ވެސް ގޮވާލަމެވެ. އަދި ފުލުހުންގެ މުއައްސަސާގެ ވެރިންނަށް މިފަދަ ކަންތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށްވެސް ގޮވާލަމެވ.އަދި ހަމައެހެންމެ މިފަދަ ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށްވެސް އެންމެހައި ފަރާތަކަށް ގޮވާލާ މިކަން ހަރުކަށި ޢިބާރާތުން މިސިޓީ އެމްޑީޕީ އިން ގޮވާލަމެވެ.

ބަޔާން ނެރުނީ: އަހުމަދު އަދުހަމް ( އައްޑޫ ސިޓީ އެމްޑީޕީ ރައީސް)