އިއުލާނު: ދ. އަތޮޅު (ކުޑަހުވަދޫ ދާއިރާ) ކައުންސިލް އަދި ގދ. އަތޮޅު (ގައްދޫ ދާއިރާ) ކައުންސިލް އިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރުން

ދ. އަތޮޅު (ކުޑަހުވަދޫ ދާއިރާ) ކައުންސިލް އަދި ގދ. އަތޮޅު (ގައްދޫ ދާއިރާ) ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން 26 ޖެނުއަރީ 2013 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.

މި ބައި-އިލެކްޝަންތަކުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 20 ޑިސެމްބަރ 2012 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި ވަނަވަރުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ. ފެކްސްކުރައްވާނަމަ މި ޕާޓީގެ މައި އިދާރާގެ ފެކްސް ނަންބަރު 3322960 އަށް ފެކްސް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިފޯމު މި ޕާޓީގެ ރަސްމީ ވެބްސައިޓް www.mdp.org.mv އިން ޑައުންލޯޑްކުރެވޭނޭ ވާހަކަ ވެސް ދެންނެވީމެވެ.

މި ބައި-އިލެކްޝަންތަކުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް އެއް ކައުންސިލަކަށް، ޝަރުތު ހަމަވާ އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، ލޯކަލް ކައުންސިލް އިންތިޚާބުގެ މި ބައި-އިލެކްޝަންތަކުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓުން ކަނޑައަޅާނީ މި ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން 22 ޑިސެމްބަރ 2012 ވާ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމުގައި ދެންނެވީމެވެ.
ވީމާ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.

12 ޑިސެމްބަރ 2012

– ސެކްރެޓޭރިއަޓް –