ނޫސް ބަޔާން: ޖީއެމްއާރު އެއްބަސްވުން އުވާލުން ކުށްވެރިކޮށް އެމްޑީޕީ ރ.ދުވާފަރު ދާއިރާއިން ނެރޭ ނޫސް ބަޔާން

އަޕްޑޭޓްކުރީ: ރާމިޒް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ހަވާލުކޮށްފައިވާ އިންޑިއާގެ ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު އިންޓަރނޭޝަނަލް ފައިނޭންސް ކޯޕރޭޝަންގެ ބެލުމުގެ ދަށުން ވެފައިވާ ކޮންޓްރެކްޓަކީ އުފެދުނު އިރުގައި ބާތިލް ކޮންޓްރެކްޓެއްކަމުގައި ބަޣާވާތަކުން އުފެދިފައިވާ ސަރުކާރުގެ ވަޒީރުންގެ މަޖިލިހުން ބުނާކަމީ ދުވާފަރު ދައިރާއިން އެއްވެސް ހާލެއްގައި ގަބޫލު ކުރާ ކަމެއް ނޫނެވެ. އެހެންކަމުން މި އަމަލް ކުއްވެރިކުރަމެވެ.

މިކޮންޓްރެކްޓް އަބިޓްރޭޝަންއާ ނުލައި ރޫޅާ ލައިފިނަމަ ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް މާލީ އަދި އިގްތިޞާދީ ނުހަނު ގިނަ ގެެއްލުންތަކެއް ލިބޭކަމަށް ދާއިރާއިން ގަބޫލު ކުރަމެވެ. ދާއިރައިން ގޮވާލަނީ ކޮންޓްރެކްޓުގަވާ ހަމަތަކުގެ މަތިން ކޮންޓްރެކްޓު ރޫޅާ ނުލެވޭހާ ހިދަކު ކޮންޓްރެކްޓުގެ އިމުގެ ތެރެއިން ޖީ.އެމް.އާރު ބޭރުނުވުމަށެވެ. ޖީ.އެމް.އާރ އިބްްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގުމުގައި ދެމިތިބުމަށެވެ. އެމް.ޑީ.ޕީ ދުވާފަރު ދާއިރާއިން ޖީއެމްއާރ އަށް މިގޮވާލަނީ ޣައިރު ގާނޫނީ ސަރުކާރުގެ އަމުރަށް ބޯނުލެނބުމަށާއި އަދި ދިވެހިރައްޔިތުންނަށް މިގޮވާލަނީ ބަޣާވާތުގެ ސަރުކާރުން އެބޭފުޅުންގެ އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތި ކަމުގައި ،އަމިއްލަ މަސްލަޙަތައްޓަކައި އެދަނީ ދިރާއްޖެގެ ނިކަމެތި ރައްޔިތުންނަށް ފޫނުބެދޭވަރުގެ ބޮޑެތިގެއްލުންތައް ދެމުން ރާވަމުންނެވެ.އެހެންކަމުން މިދާއިރާއިން މި ގޮވާލާނަނީ ދިވެހި ރާއްޖެއަށް ގިނަގުނަ ގެއްލުން ދޭތަން ބަލަން ނުތިބުމަށެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަރަމުން އަންނަ އިންޑިޔާގެ އެންމެ ބޮޑު އެއްކުންފުންޏާ ދިވެހި ސަރުކާރުގެ ނަމުގައި ބަޔަކު ޣައިރު ގާނޫނީ މުޢާމަލާތްތަކެއް ކުރާކަމީ މުޅި މިޤައުމަށް ފޫނުބެދޭވަރުގެ ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި އިދާރާއިން ދެކެމެވެ.
ބަޔާން ނެރުނީ: ދުވާފަރު ދާއިރާގެ ނައިބް ރައީސް