ހޯރަފުށީ ދާއިރާގެ މެންބަރުންނާ މެންބަރު އަހުމަދު ރަޝީދު ބައްދަލުކުރެއްވުން އުސްފަސްގަނޑުގައި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު، މާލޭގައި މިވަގުތު ތިއްބެވި އެ ދާއިރާގެ އެމްޑީޕީ މެންބަރުންނާ މިރޭ އުސްފަސްގަނޑުގައި ބައްދަލުކުރައްވާނެއެވެ.

މިރޭ 9.30 ގައި އޮންނަ މި ބައްދަލުވުމަށް ހޯރަފުށީ ދާއިރާގައި ހިމެނޭ 3 ރަށް ކަމަށްވާ ހޯރަފުށި، ތުރާކުނު އަދި އުލިގަމް އެމްޑީޕީ މެންބަރުންގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުން ހާޒިރުވުމަށް އެމްޑީޕީ ހޯރަފުށީ ދާއިރާއިން އެދެއެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ފޯނުން “އެމްޑީޕީ ވެބްސައިޓަށް” މިއަދު ވިދާޅުވީ މި ބައްދަލުވުމަކީ އެމްޑީޕީ ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރަށް ތައްޔާރުވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އަދި ވައުދުގެ ދަތުރަށް އެ ދައިރާއިން ވަރަށް ގިނަ ތައްޔާރީތަކެއް ވާންޖެހިފައިވާ ކަމަށާއި، އެހެން ކަމުން އެ ތައްޔާރީތައް ވުމަށްޓަކައި ދާއިރާ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ބޭނުން ވާތީ ވީހާވެސް ގިނަ ބަޔަކު މިރޭގެ ބައްދަލުވުމަށް ހާޒިރުވެދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.