ކަނޑުހުޅުދޫ ކައުންސިލްގެ ބައި އިލެކްޝަން ބުރާސްފަތި ދުވަހު

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ރައީސް ނަޝީދު ކަނޑުހުޅުދޫ ކެންޑިޑޭޓް ޝަހީމް އާއެކު ވައުދުގެ ދަތުރުގައި

ގއ.ކަނޑުހުޅުދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން މާދަމާ އޮންނާނެއެވެ.

މި ބައި އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ ގއ ކަނޑޫހުޅުދޫ ޕާކީޒާ އަހުމަދު ޝަހީމް ކެނޑިޑޭޓް ނަމްބަރ 2 އެވެ.

މާދަމާ ހެނދުނު 9 ން ފެށިގެން ހަވީރު 4 ޖަހަންދެން ކުރިޔަށްގެންދާ މި އިންތިޚާބުގެ ވޯޓުލުން މާލޭ ގައި ކުރިޔަށް ދާނީ ތާޖުއްދީން ސްކޫލުގަ އެވެ. ކަނޑުހުޅުދޫ ގައި ވޯޓުލުން ކުރިޔަށްދާނީ ކަނޑުހުޅުދޫ ބޮޑު މަގުގައި ފެންފިޔާޒްގޭ އިރުން އެގޭ ކުރިމަތީގައި ބަހައްޓާފައިވާ ޓެންޓުގައެވެ.