ދުވާފަރު ކައުންސިލްގެ ނައިބު ރައީސް ކަމަށް އެ ކައުންސިލް ގައި ހިމެނޭ ހަމައެކަނި އެމްޑީޕީގެ މެންބަރު އާމިރު އިންތިޚާބުވެއްޖެ

ލިޔުނީ: ރާމިޒް
އަޕްޑޭޓްކުރީ: ރާމިޒް

ރ.ދުވާފަރު ކައުންސިލްގެ ނައިބު ރައީސް ކަމަށް އެ ކައުންސިލްގައި ހިމެނޭ ހަމައެކަނި އެމްޑީޕީ މެންބަރު އާމިރު އަހުމަދު އިންތިޚާބު ވެއްޖެއެވެ.

ދުވާފަރު ކައުންސިލްގެ ނައިބު ރައީސް ކަމަށް އާމިރު އިންތިޚާބުވެފައި މިވަނީ އިއްޔެ އެކައުންސިލްގައި ބޭއްވި ވޯޓުގައި ކައުންސިލްގައި ހިމެނޭ 7 މެންބަރުންގެ ތެރެއިން 4 މެންބަރުންގެ ތާއީދާ އެކު ގައެވެ.

ދުވާފަރު ކައުންސިލްގެ ނައިބު ރައީސްކަން ހުސްވެފައި ވަނީ އެ ކައުންސިލްގެ ކުރީގެ ނައިބު ރައީސް ޑިއާރުޕީގެ މެންބަރު އަހުމަދު ވިޝާމް، ކައުންސިލް މެންބަރުންގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، ޖޫން 6 ގައި އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ދުވާފަރު ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް އެމްޑީޕީގެ މެންބަރު އާމިރު އިންތިޚާބުވެފައި މިވަނީ އިއްޔެ ބޭއްވި ވޯޓުލުމުގައި ކުރީގެ ނައިބު ރައީސް ވިޝާމް އާއި ވާދަކުރައްވައިގެންނެވެ.

ދުވާފަރު ކައުންސިލް ގައި ތިއްބަވަނީ ޑީއާރުޕީގެ 4 މެންބަރުންނާއި އަމިއްލަ 2 މެންބަރުންނާއި އެމްޑީޕީގެ މެންބަރެކެވެ.