އަލިފުށީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އާއި އިތުރު 3 ޓީޗަރަކު އެމްޑީޕީއަށް ސޮއިކޮށްފި

ރ.އަލިފުށީ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އާއި އެ ސްކޫލްގެ އިތުރު 3 ޓީޗަރަކު އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

އަލިފުށީ އެމްޑީޕީ ހަރުގޭގައި ރޭ އޮތް ރަސްމިއްޔާތެއްގައި އަލިފުށީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް މުޙައްމަދު މަޖީދުގެ އިތުރުން ދެން އެމްޑީޕީއަށް ސޮއިކުރެއްވި 3 ޓީޗަރުންނަކީ އެ ސްކޫލުގެ ސާނަވީ މެތްސް ޓީޗަރ ހަސަން ތައުފީޤް އާއި، ޕްރައިމަރީ ޓީޗަރުން ކަމަށްވާ ޢަބްދުﷲ ޢަބްދުލް ކަރީމް އާއި، އާދަމް މުޙައްމަދު އެވެ.

މި 4 ބޭފުޅުން އެމްޑީޕީއަށް ސޮއިކުރެއްވުމުން އެކަމާ އުފާފާޅުކުރުމުގެ ގޮތުން އަލިފުށީ އެމްޑީޕީ ހަރުގޭގައި ރޭ ވަނީ ބޮނޑިބަތް ކެއުމުގެ ހަފްލާއެއް ވެސް ބާއްވާފައެވެ.