ރައީސް ނަޝީދު ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފި

ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އުފައްދާފައިވާ ހުޅުމާލޭ ކޯޓުން ކޮށްފައިވާ އަމުރެއްގެ ދަށުންކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ގެންގޮސް މިހާރު ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ދާދީ ދެންމެއަކު ވައްދާފައިވާކަމަށް އެމްޑީޕީ ވެބް ސައިޓްއަށް މަޢުލޫމާތު ލިބިއްޖެއެވެ.

ވެބް ސައިޓަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދު ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ވަނީ، ފޮނަދޫ މެޖިސްޓްރޭޓް ކޯޓް މެދުވެރިކޮށް ރައީސް ނަޝީދު ބަންދުގައި ބެހެއްޓުމަށް މުއްދަތް ޖެއްސެވުމަށެވެ.