އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އަށް ކުރިމަތި ލެއްވުމުގައި އެމް.ޑީ.ޕީ އަންހެނުންގެ ރޫޙުގެ މެންބަރުން ޚައްސަ ސަމާލްކަމެއްއް ދެއްވަންވީ ކަންކަން

* ” ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު” ގެ ދަށުން ސަރުކާރުން ނެގުމަށް ހަމައްސާފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަށް ހޮވުމުގެ މަސައްކަތް ނުވަތަ އެ އިންތިޚާބު ކުރުމަށް ފުރުސަތު ސަރުކާރުން ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

* ޑިމޮކްރެޓިވް ވެއްޓެއްގައި މިއަދު އަޅުގަޑުމެން މަސައްކަތް ކުރަމުންދާތީ ، ސަރުކާރުން ކުރައްވާ މިފަދަ ކަންކަމުގައި ވަރަށްބޮޑު އެއްބާރުލުމެއް އަންހެނުންގެ ރޫޙުން ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުންއިންތިޚާބަށް ކުރިމަތިލައްވާ ބޭފުޅުންނަށް މީހުންގެ ތާއީދު ހޯދުމަށް އަންހެނުންގެ ރޫޙުން މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

* މިކޮމެޓީތަށް ހޮވުމަށް އިޢުލާން ކުރެއްވުމަށް ހަމަ ޖައްސާ ފައިވަނީ މިމަހުގެ އާދެ ! 28 ސެޕްޓެމްބަރ 2012 އިން ފެށިގެންނެވެ. މުއްދަތު ހަމަވަނީ އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

* މިކޮމެޓީ ތަކަކަށް ފައިސާއެއް ދިނުމަކަށް ކަނޑައަޅާފަކާ ނުވެއެވެ. މިކޮމެޓީތަށް ކުރިންވެސް ހިންގާފައިވަނީ ބާއްވާ ކޮންމެ ޖަލްސާއަކަށް ފަނަރަ ރުފިޔާގެ އުޖޫރައެއް ދެއްވައި، މަހަކު ގިނަވެގެން ބޭއްވެނީ އެފައިސާ ލިބޭގޮތަށް 4 ޖަލްސާ އެވެ. މިފަހަރު މިފަދަ ގޮތަކަށްވެސް އިޝާރާތް ކޮށްފަކާ ނުވާއިރު އުޖޫރައެއް އަދި ކަނޑައެޅިފަކާ ނުވާކަންވެސް އެޤަވާޢިދުން ހާމަވެގެން ދެއެވެ.

* ލޯކަލް ގަވަރުމެންޓް އޮތޯރިޓީން މިކަމަށް އިޢުލާން ކުރެއްވުމުން އަންހެން ބޭފުޅުން ފޯރމް ނަންގަވާ ޤަވާޢިދާ އެއްގޮތަށް ހުށަ ހެޅުއްވުމަށް އަންހެނުންގެ ރޫޙުން އަންހެން ކަބަލުންނަށް ގޮވާލަމެވެ.

* މިގޮތުން ދާއިރާ ތަކުންނާއި އަދި ރަށްރަށުން ކުރިމަތި ލައްވާއިރު އެރަށެއްގެ އެމްޑީޕީގެ ކައުންސިލަރުންނާ ، ދާއިރާ ތަކުގެ ރައީސުން މިއިންތިޚާބުގެ ކަންކަން ކުރެއްވުމަށް، އިންތިޚާބާ ބެހޭ ކޮމެޓީއަށްވާނީ އެމް.ޑީ.ޕީ.އަންހެނުންގެ ރޫޙުން 15 ސެޕްޓެމްބަރ 2012 ގައި އަންގާފައެވެ.

* އަންހެނުންގެރޫޙުން މިކޮމެޓީތަކަށް އަންހެންކަބަލުން ހޮއްވެވުމުގައި އިސްކަންދޭނެ ގޮތުގެ މަޢުލޫމާތު ދާއިރާ ތަކުގެ ރައީސުންނާ ބައްދަލުކޮށް އެބޭފުޅުންގެ މަޝްވަރާއާއި އެކު އެކަށައެޅި މިންގަނޑުގެ މަޢުލޫމާތު ޝީޓްވެސް ވާނީ އިންތިޚާބާ ބެހޭ ކޮމެޓީއަށް ހުށަހަޅާފަ އެވެ. އަދި އެގޮތަށް އެންހެނުންގެ ރޫޙުން ވިސްނާފައިވަނީ އަންހެނުންގެ ރޫޙުއަކީ އެމް.ޑީ.ޕީ ޕާރޓީގެ ގުނަނެއް ކަމުގައި ވާތީ ޕާރޓީގެ ލައިނުން ކެމްޕޭން ކުރުމަށް އަންހެނުންގެ ރޫޙުން ބޮޑަށް ބާރު އެޅުމަކީ ޕާރޓީއަށް ލިބޭ ބާރަކަށް ވާނެކަމަށް ބަލާ އަދި ރޫޙުން ކެމްޕޭން ކޮށްދިނުމަށްޓަކައެވެ.

އިސްކަންދިނުމަށް ބަލާފައިވާ މިންގަނޑުތަށް

* މިގޮތުން އެމް.ޑީ.ޕީ. މެންބަރެއް ކަމުގައިވުން.

* ކަމަށް ޤާބިލު،މިފަދަ ހަރަކާތްތަކުގައި ހުސްވަގުތު ގިނައިން ދެވޭނެ ،އަދި އަންހެނުން ބަލައިގަންނަ ކަހަލަ ބޭފުޅުންނަށް ބައްލަވައިގެން ނެރުއްވުމަށްވެސް ވަނީ ބާރުއަޅާފައެވެ.

* ޤަވާޢިދުގައިވާގޮތަށް ދާއިރާތަކަށާ އަދި ރަށްރަށުން ހޮވަންޖެހޭ ޢަދަދަށް މީހުން ނެރުމަށް ބާރުއެޅުމަށް ވަނީ ގޮވާލާފައެވެ. މިގޮތަށް މިކަން ކުރުމުގެ މައިގަޑު ބޭނުމަކީ ވަގުތުވެސް ކުޑަކަމާއެކު،ގިނަ މީހުން ކުރިމަތި ލުމުން ކަމަށް އެންމެ ބޭނުންވާމީހަކު ނުހޮވިދާނެތީ ކުރިންވެސް މިފަދަ އިންތިޚާބުތަކުގައި ލިބިފައިވާ ތަޖުރިބާއަށް ބަލައި،މިފަހަރު ބަލަންވީ ކުރިއަށް އޮތީ އެންމެ ބޮޑު އިންތިޚާބު ކަމުން އެމަސައްކަތަށް ލޮޅުމެއް ނާރާފަދަ ކާމިޔާބު ގޮތަކަށް މިކޮމެޓީ ތަށް ހޮވިއްޖެ ނަމަ ލިބިގެންދާނެ ފަސޭހަޔަކަށް ވާތީ އެންމެބޮޑަށް އެއިންތިޚާބަށް ވިސްނައި ހަރުދަނާ ކޮމެޓީއަކަށް މި ކޮމެޓީތަށް ހެދުމަށެވެ.

* މިކޮމެޓީތަކަށް އަންހެން ބޭފުޅުން ކުރިމަތި ލުމަށް މަސައްކަތް ކުރައްވަންވާނީ ދައިރާތަކުގެ ރައީސުންނާ އެދާއިރާއެއްގެ އެމް.ޑީ.ޕީގެރައްޔިތުންގެ މަޖްލިސްގެ މެންބަރުންނާއި،އެރަށެއްގެ އެމްޑީޕީ ކައުންސިލުންގެ އެއްބާރުލުމާއެކުގައި ކަމަށްވާތީ އެކަބަލުން ނެރުއްވުމުގައި ރަށްރަށުންނާއި ދާއިރާތަކުން ފޯކަލްޕޮއިންޓެއް ކަނޑައަޅުއްވައިގެން އެފޯކަލްޕޮއިންޓް ގެ ފަރާތުން ފޯރމްތަށް ނަގާދީ ފުރުއްވައި އަންހެންގެ ބޭފުޅުންގެ މެދުގައި ސުލްޙަވެރިގޮތަކަށް ކަމަށް އެންމެ އެކަށޭނަ ބޭފުޅުން ހޮއްވަވައި ފޯރމް ހުށަހަޅުއްވަވައި ދެއްވަވާނީ އެފޯކަލްޕޮއިންޓްގެ ފަރާތުންނެވެ. މިގޮތުން މީހުން ހޮއްވެވުމަށް ފަހު 3 އޮކްޓޯބަރ 2012 ގެކުރިން ދާއިރާތަކުންނާއި، ރަށްރަށުންހޮއްވެވި ބޭބޭފުޅުންގެމަޢުލޫމާތު ” ނަމާއި، އެޑްރެސް އައިޑީކާޑު ނަންބަރު އަދި ފޯނު ނަންބަރު އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ފޯނު ނަންބަރ: 9948414 އަށް އެސް.އެމް.އެސް ކުރެއްވުމަށް ނުވަތަ އަންހެނުންގެ ރޫޙުގެ މެއިލް އެޑްރެސް އަށެވެ. anhenungeroohumdp@gmail.com މެއިލް ކޮށްދެއްވުމަށް ދަންނަވަމެވެ.

* މީ މައިގަނޑު ގޮތެއްގައި އަންހެނުންގެ ރޫޙުން މިކޮމެޓީތަށް ހޮއްވެވުމުގައި ވިސްނާފައިވާ މިންގަޑު ތަކެވެ.

* މީގެ ކުރިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަށް ހޮއްވަވާފައިވާއިރު އެއްވެސް ބާރެއް އަދި ހައިސިއްޔަތެއް ނެތް ނަމަވެސް މިހާރު މިނަގާ ކޮމެޓީ ތަކަކީ 2010 ވަނަ އަހަރު ރާއްޖޭގެ އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަންހެނުން ބާރުވެރި ކުރުވުމަށާ ސިޔާސީ ހަރަކާތްތަކުގައި އަންހެނުންކުރިއަށް ނެރުމަށްޓަކައި އެމަނިކުފާނު އެކޮމެޓީތަށް ނެގުމުގައި އެންމެ ފުރަތަމަ ވާހަކަފުޅު ދައްކަވައިގެން ޤާނޫނީ ހައިސިއްޔަތެއްގެ ތެރެއިން ބާރުވެރިކުރެއްވުމަށް ކުރެއްވި މަސައްކަތުގެ ތެރެއިން އަންހެނުންނަށް ހުޅުވާލެއްވި ފުރުސަތަކަށް ވާތީ މިފުރުސަތުގެ ބޭނުން ، އަންހެނުން ހެޔޮގޮތުގައި ހިފައިގެން ނުކުންނެވުމަށް އަންހެނުންގެ ރޫޙުން ހުރިހާ އަންހެން ކަނބަލުންނަށް ގޮވާލާ ނެރުނު ލުޔުމެކެވެ.

20 ސެޕްޓެމްބަރ 2012

ޝިޔާމާ އަޙްމަދު
އަންހެނުންގެ ރޫޙުގެ ރައީސާ