އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީން އާޓީފިޝަލް ބީޗުގައި ބާއްވަން ހަމަޖެއްސި ޖަލްސާ މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކޮށްފި

އެމްޑީޕީން އަނިޔާވެރިކަމާ ދެކޮޅަށް މިރޭ އާޓީފިޝަލް ބީޗުގައި ބާއްވަން ހަމަޖެއްސި ޖަލްސާ މޫސުން ތަންނުދިނުމުގެ ސަބަބުން ފަސްކޮށްފިއެވެ.

ސެޕްޓެމްބަރު 19-20 ފާހަގަކުރުމަށް އެމްޑީޕީން އަނިޔާވެރިކަމާ ދެކޮޅަށް މިރޭ 9 ޖަހާއިރު ފަށަން ހަމަޖެއްސި ފަހުގެ ތާރީޚަކަށް ފަސްކުރީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ. އަދި މި ޖަލްސާ ބާއްވާނެ ތާރީޚެއް ފަހުން އިއުލާން ކުރާނޭ ކަމަށް އެމްޑީޕީން ބުނެއެވެ.

މި ޖަލްސާ ފަސްކުރި ނަމަވެސް ކޮރަޕްޝަނާ ދެކޮޅަށް މާދަމާ ހަވީރު ބާއްވާ ހިނގާލުން ކުރިން ވެސް ރޭވިފައިވާ ގޮތަށް ކުރިޔަށް ދާނެއެވެ.