ދާއިރާތަކުގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ފަރާތްތަކަށް އެމްޑީޕީން މަރުހަބާކިޔައިފި

15 ސެޕްޓެމްބަރ 2013 ވީ ހޮނިހިރު ދުވަހު ބޭއްވި މި ޕާޓީގެ 3 ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި 3 ބޭފުޅުންނަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކާއި އެ ޕާޓީގެ ލީޑަރޝިޕުން މަރުހަބާ ވިދާޅުވެއްޖެއެވެ.

އެ ގޮތުން އެމްޑީޕީ ށ.ކަނޑިތީމު ދާއިރާގެ ރައީސް ކަމަށް ހޮވުނު ށ. ކަނޑިތީމް ދޯދި، އަހުމަދު އާތިފް އަށާއި، އެމްޑީޕީ ހދ.ނޮޅިވަރަމް ދާއިރާގެ ނައިބު ރައީސް ކަމަށް ހޮވުނު ހދ.މާވައިދޫ ނިރު، އަޙުމަދު އުސާމަތު އަށާއި، އަދި އެމްޑީޕީ ތ.ކިނބިދޫ ދާއިރާގެ ރައީސް ކަމަށް ހޮވުނު މ. ސަނީ ކޯސްޓް، މުޙައްމަދު ޝަރީފަށް (ސެންކޯ ޝަރީފަށް) މަރުހަބާ ވިދާޅުވަމުން އެމްޑީޕީގެ އެ ދާއިރާތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މި 3 ބޭފުޅުންގެ ވެސް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވިއެވެ.